ads
އެމްޑީޕީން ނިލަންދޫގައި މިއަދު ބޭއްވި ޖަލުސާގެ ތެރެއިން---
ނިލަންދޫ ފަޅުތެރޭ ދެ ރިސޯޓު ހަދަން ފައިސާ ދައްކައިފި
ފ. ނިލަންދޫ ފަޅުތެރޭގައި ދެ ރިސޯޓެއް ހަދަން ކުންފުންޏަކާއެކު ކޮންޓްރެކްޓު ހަދައި ފައިސާ ވެސް ދައްކާފައިވާ ކަމަށާއި އެ ދެ ރިސޯޓުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ނިލަންދޫ ފަޅުތެރޭގައި ދެ ރިސޯޓެއް ހަދަން ކުންފުންޏަކާއެކު ކޮންޓްރެކްޓު ހަދައި ފައިސާ ވެސް ދައްކާފައިވާ ކަމަށާއި އެ ދެ ރިސޯޓުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވީ ނިލަންދޫއަށް ވަޑައިގެން އެ ރަށުގައި މިއަދު ވާހަކަފުޅު ދައްވަމުންނެވެ.

ފ. ނިލަންދޫ ހުޅަނގު އުތުރު ފަރާތު ފަޅުތެރެއިން ދެ ރިސޯޓް އެޅުމަށްޓަކައި ސަރވޭ ކުރުމުގެ މަސައްކަތް މިދިޔަ މަހު ފަށާފައިވާ ކަމަށް ނިލަންދޫ ކައުންސިލުން ކުރިންވަނީ ބުނެފައެވެ. 

ނިލަންދޫ ކައުންސިލުން ބުނި ގޮތުގައި މިމަސައްކަތަކީ ނިލަންދޫ ކައުންސިލްގެ ފުރިހަމަ އިސްކަމެއްދީގެން ނިލަންދޫގެ ރައްޔިތުންގެ ލާބައާއި މަންފާއަށް ކުރެވޭ މަސައްކަތެވެ.

ނިލަންދޫ ފަޅުގައި އަޅާ ދެ ރިސޯޓުގެ މަސައްކަތަކީ މިދިޔަ މެއި މަހު ނިލަންދޫގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިއުލާން ކުރެއްވި ޕްރޮޖެކްޓެކެވެ. ރިޔާސީ ކެމްޕޭނުގައި މިއަދު އެ ރަށަށް ވަޑައިގެން ރައްޔިތުންނާ މުހާތަބުކޮށް ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، މިހާރު ކުރިއަށްދަނީ ތިމާވެއްޓަށް ކުރާ އަސަރު ދެނެގަތުމަށް ހަދާ އީއައިއޭ ހެދުމުގެ މަސައްކަތް ކަމަށެވެ.

"އިތުބާރު ކުރެވޭ ކުންފުންޏަކާ އެ މަސައްކަތް ހަވާލުކުރެވިފަ ވަނީ، އީއައިއޭގެ މަސައްކަތް ނިމުމާއެކީގަ މި ފަޅުތެރޭގައި އެ މަސައްކަތް ފެށިގެންދާތަން ތިބޭފުޅުންނަށް ފެނިގެންދާނެ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ފަޅުތެރޭގައި ތަރައްގީކުރެވޭ ދެ ރިސޯޓާއެކު ނިލަންދޫގެ ރައްޔިތުންނަށް ވަޒީފާގެ އެތައް ފުރުސަތެއް ހުޅުވި، ވިޔަފާރީގެ އެތައް ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި، މިއީ ނިލަންދޫގެ ތަރައްގީއަށް ކުރެވޭ ވަރަށް މުހިންމު މަސައްކަތެއްކަން ފާހަގަކުރެއްވި އެވެ.

ނިލަންދޫ ފަޅުތެރޭގައި ރިސޯޓް ހަދަން ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމްވެސްވަނީ ވިދާޅުވެފައެވެ. ނިލަންދޫ ފަޅު ތެރޭގައި ދެ ރިސޯޓް ތަރައްގީ ކުރުމަށް އެ ރަށު ކައުންސިލުން ނިންމީ، ޓޫރިޒަމް މިނިސްޓްރީގެ ލަފާގެ މަތިން، ރަށުގެ ރައްޔިތުންނާ ބައްދަލުކޮށް މަޝްވަރާ ކުރުމަށް ފަހުއެވެ.

އަޅުގަނޑު ހިތުން މިކަމުގެ ސަބަބުން ފ. ނިލަންދޫއަށްވެސް އަދި ފ. އަތޮޅަށްވެސް ވަރަށް ރަނގަޅު އިތުރު ތަރައްގީތަކެއް އަންނާނެ. ފަތުރުވެރިކަމުގެ އެކަށީގެންވާ އިތުރު ކުރިއެރުންތަކެއް އެކަމުގެ ސަބަބުން ލިބިގެންދާނެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނިލަންދޫ ފަޅުގައި ދެ ރިސޯޓް ހެދުމަށްޓަކައި ރަށު ކައުންސިލުން ގެންގުޅޭ ވިސްނުމަކީ އެއް ރިސޯޓް ވަން އައިލެންޑް ވަން ރިސޯޓް ކޮންސެޕްޓަށް އަދި އަނެއް ރިސޯޓު އިންޓަގްރޭޓް މޮޑެލްއަށް ތަރައްގީ ކުރުމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް