ads
ޕީސީބީގެ ރައީސްގެ މަގާމަށް އައްޔަން ކުރެއްވި ހަމްދީ އަގީލް
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ރައީސްކަމުގެ މަގާމަށް ހަމްދީ އަގީލް
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ރައީސްކަމުގެ މަގާމަށް ހަމްދީ އަގީލް މިއަދު އައްޔަނުކުރައްވައިފިއެވެ.

ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަކޮށް އިވެލުއޭޓްކުރުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ރައީސްކަމުގެ މަގާމަށް ހަމްދީ އައްޔަނުކުރެއްވީ މިއަދު އެވެ.

ހަމްދީ އަކީ އޮސްޓްރޭލިއާގެ ކަޓިން ޔުނިވަސިޓީއިން މާސްޓަ އޮފް ކޮމަސް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އަދި ހަމްދީ މީގެ ކުރިން އަދާކުރައްވާފައިވާ ވަޒީފާތަކުގެ ތެރޭގައި ފިއުލް ސަޕްލައި މޯލްޑިވްސް ގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމާއި، މޯލްޑިވްސް ރޯޑް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމު ވެސް ހިމެނެއެވެ.

ހުސްކަމެއްގެ ތެރޭގައި އޮތް ޕީސީބީގެ ބޯޑަށް، ތިން މެންބަރަކު ވެސް ރައީސް މުއިއްޒު މިފަހުން ވަނީ އައްޔަނު ކޮށްފަ އެވެ. އެ ތިން މެމްބަރުންނަކީ:

  • އެކައުންޓިން އެންޑް ފައިނޭންސްގެ ދާއިރާއިން އަހްމަދު މުޝްތާގު
  • ބޭންކިންގެ ދާއިރާއިން ލީނާ އަބްދުލްޖަލީލް 
  • ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން  މޫސާ ފަތުހީ އާދަމް އެވެ.

ޕީސީބީ މިފަހުން ވަނީ އެ ބޯޑުގެ އިދާރީ މަސައްކަތް އެ ބޯޑުގެ މަސްއޫލިޔަތުގެ ތެރެއަށް އަންނަ ގޮތަށް ގާނޫނު އިސްލާހު ކޮށް ދިނުމަށް ވެސް ރައްޔިތުންގެ މަޖިލީހުގައި އެދިފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް