ads
އާބަންކޯއިން 200 މިލިއަން ރުފިޔާގެ ލޯނެއް ނަގައިފި - ފޮޓޯ: އާބަންކޯ
އާބަންކޯއިން ދެ ލޯނަކަށް 200 މިލިއަން ނަގައިފި
އާބަންކޯއަށް ބޭނުންވާ ވޯކިން ކެޕިޓަލް ހަމަޖެއްސުމަށް ސަރުކާރުން ޔަގީންކަން ދީގެން މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ)އިން 200 މިލިއަން ރުފިޔާގެ ލޯނެއް ނަގައިފި އެވެ.

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އާ ހިއްސާކޮށްފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި ސަރުކާރުން ސޮވަރައިން ގެރެންޓީ ދީގެން އާބަންކޯއިން ވަނީ ދެ ލޯނެއް އެމްއައިބީ އިން ނަގާފައެވެ. އެއީ ރުފިޔާއިން ނެގި ލޯނަކާ ޑޮލަރުން ނެގި ލޯނެކެވެ. 

މި މައުލޫމާތު މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ދީފައިވާކަން ހާމަކޮއްފައިވަނީ އިއްޔެ ބޭއްވި އެ ކޮމިޓީގެ ބައްދަލު ވުމުގަ އެވެ. މި ދެލޯނުވެސް ނަގާފައިވަނީ މިދިޔަ ސެޕްޓެންބަރު މަހުގެ 20 ވަނަ ދުވަހު އެވެ. އެގޮތުން ރުފިޔާ އިން ނަގައިފާވަނީ 100 މިލިއަން ރުފިޔާގެ ލޯނެކެވެ. އަދި ޑޮލަރުން ނަގާފައިވަނީ 6.5 މިލިއަން (100.2 މިލިއަން ރުފިޔާ) ގެ ލޯނެކެވެ. 

މި ދެލޯނު އަބުރާ ދައްކަން ފަށަން ޖެހެނީ އެގްރިމެންޓުގަ ސޮއެ ކުރާތާ 30 މަސް ފަހުންނެވެ. މި ލޯނުތަކުގެ އިންޓަރެސްޓް ރޭޓަކީ ހަތް ޕަސެންޓެވެ. މީގެ އިތުރުން 100 މިލިއަން ރުފިޔާ ލޯނުގެ ޕުރޮސެސިން ފީއަށް އެއް މިލިއަން ރުފިޔާ ނަގާފައިވާ އިރު އިންޓްރެސްޓްއާ އާއެކު 111.3 މިލިއަން ރުފިޔާ ދައްކަން ޖެހެއެވެ. 

މާލިއްޔަތު ކޮމިޓީއިން ވަނީ ޑޮލަރުން ނެގި ލޯނުގެ އިތުރު ތަފްސީލު ތަކުގައި މައްސަލައެއް އުޅޭތީ އެކަން އަލުން އޮޅުން ފިލުވުމަށް ނިންމަވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް