ads
މެރާލް
ލަންކާގައި 100މ ބަޓަފްލައި ރޭހުން މެރާލްއަށް ރަން މެޑަލް
އަވައްޓެރި ސްރީލަންކާގެ ކެންޑީގައި މިހާރު ކުރިޔަށްދާ އެ ގައުމުގެ ނެޝަނަލް އަދި ނެޝަނަލް ޖޫނިއަރ ޝޯޓްކޯސް މުބާރާތުގައި ރާއްޖޭގެ ކުރިއަރަމުން އަންނަ ފުރާވަރުގެ ފެތުންތެރިޔާ މެރާލް އައިން ލަތީފު ރަން މެޑަލް ހޯދައިފިއެވެ.

ސްރީލަންކާގެ ކެންޑީ ހިލްވުޑް ކޮލެޖް ސްވިމިންގ ޕޫލުގައި އެ ގައުމުގެ އެތްލީޓުންނާ ވާދަކޮށް، މެރާލް ފަޚުރުވެރި ރަމް މެޑަލް ހޯދީ 100 މީޓަރު ބަޓަފްލައި ރޭހުގައި ވާދަކުރި 14 ފެތުންތެރިންގެ ހީޓުޖަހައި ފައިނަލް ގައި 8 ފެތުންތެރިންނާ ވާދަކޮށް ބޮޑު ތަފާތަކުން 1 ވަނަ ހޯދައިގެންނެވެ.

މެރާލް އަކީ ރާއްޖޭގައި ކުރިއަރަމުން އަންނަ އަދި އުމުރުން 14 އަހަރުގެ ފެތުންތެރިއެކެވެ. މިމުބާރާތުގައި ރިލޭ ނުހިމަނައި އިންޑިވިޖުއަލް 5 އިވެންޓުގައި މެރާލް ވާދަކުރާނެއެވެ.

މިމަހު 26 ން 30 އަށް ކުރިޔަށްދާ މިމުބާރާރުގައި ރާއްޖޭގެ ފެތުންތެރިން ވާދަކުރަނީ ޖޫނިއަރ ނެޝަނަލް ފިރިހެން އަދި ނެޝަނަލް އަންހެން ފިރިހެން ބައިގައެވެ. މި 4 ބައިގައި އެކު ޖުމުލަ ދިވެހި 25 ފެތުންތެރިން މިމުބާރާތުގައި ވާދަކުރެއެވެ.

މިމުބާރާތުގައި ރާއްޖެ ހިމެނޭހެން ލަންކާގެ އެކި ކުލަބުތަކާ ކޮލެޖްތަކުން ޖުމުލަ 49 ޓީމު ބައިވެރިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް