ads
ދިވެހި ސްވިމިން ޓީމުގެ މެންބަރުން
ފިރިހެން ސްވިމިން ދެ ޓީމަށް ރިހި، އަދި ލޯ މެޑަލް
އަވައްޓެރި ސްރީ ލަންކާގެ ކެންޑީގައި މިހާރު ކުރިއަށްދާ އެ ލަންކާގެ ނެޝަނަލް އަދި ޖޫނިއާ ޝޯޓްކޯސް މުބާރާތުން ދިވެހި ފިރިހެން ޖޫނިއާ ޓީމު ރިހި މެޑަލް އަދި ސީނިއާ ފިރިހެން ޓީމު ލޯ މެޑަލް ހޯދައިފިއެވެ.

ލަންކާގެ ކެންޑީ ހިލްވުޑް ކޮލެޖް ސްވިމިން ޕޫލުގައި އޮންނަ މި މުބާރާތުން ދިވެހި މި ދެ ޓީމުވެސް މެޑަލް ހޯދާފައިވަނީ ހަތަރެއް ގުނަ ސަތޭކަ މީޓަރު މެޑްލީ ރިލޭއިންނެވެ.

ޖޫނިއާ ފިރިހެން ޓީމު ރިހި މެޑަލް ހޯދީ ލަންކާގެ ކޮލެޖުތަކާއި އެކިއެކި ކުލަބުތައް ހިމެނޭގޮތުން ނުވަ ޓީމަކާ ވާދަކޮށްގެންނެވެ. އަދި ސީނިއާ ފިރިހެން ޓީމު ލޯ މެޑަލް ހޯދީ ލަންކާގެ އެންމެ ވަރުގަދަ މޮޅެތި ފެތުންތެރިން ހިމެނޭހެން އެކިއެކި ކުލަބުތަކާއި ކޮލެޖުތަކުން 14 ޓީމަކާ ވާދަކޮށްގެންނެވެ.

މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި ރާއްޖޭގެ ފެތުންތެރިން ވާދަކުރަނީ ޖޫނިއާ ނެޝަނަލް ފިރިހެންގެ އިތުރުން ނެޝަނަލް އަންހެން އަދި ފިރިހެން ބައިގައެވެ. މި ހަތަރު ބައިގައި ޖުމްލަ 25 ދިވެހި ފެތުންތެރިން ވާދަކުރެއެވެ.

މި މުބާރާތުގައި ރާއްޖެ ހިމެނޭހެން ލަންކާގެ އެކި ކުލަބުތަކާ ކޮލެޖުތަކުން ޖުމްލަ 49 ޓީމު ވާދަކުރެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް