ads
ރައީސް މުއިއްޒު އާއި އިންޑިއާގެ ބޮޑުވަޒީރު މޯދީ ބައްދަލުކުރެއްވުން.
މޯދީއަށް މަލާމާތްކުރި ބޭފުޅުންނަށް ފިޔަވަޅު އަޅާނަން: ސަރުކާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް މަލާމަތް ރައްދު ކުރެއްވި ބޭފުޅުންނަށް ފިޔަވަޅު އަޅަން ފަސްނުޖެހޭނެ ކަމުގައި ދިވެހި ސަރުކާރުން ބުނެފި އެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، އެފަދަ މަލާމާތާއި ފުރައްސާރައިގެ ބަސްތައް ރައްދުކުރާ ބޭފުޅުންނާ މެދު ފިޔަވަޅު އަޅަން ކަމާބެހޭ އިދާރާތަކުން ފަސްނުޖެހޭނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

ސަރުކާރުގެ ބައެއް އޮފިޝަލުން މީސްމީޑިއާގައި ހިއްސާކޮށްފައިވާ ޕޯސްޓް ތަކަށް އިޝާރާާތް ކުރައްވާ އެ ބަޔާނުގައި ބުނެފައި ވަނީ، އެފަދަ ވާހަކަ ތަކަކީ، އެ ފަރާތްތަކުގެ އަމިއްލަ ހިޔާލާއި ވިސްނުންފުޅު ކަމަށެވެ. އަދި އެއީ ސަރުކާރުގެ ރަސްމީ ސިޔާސަތު ދޭހަކޮށްދޭ ވާހަކަ ތަކެއް ނޫން ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

މީގެއިތުރުން ހިޔާލުފާޅުކުރުމުގެ މިނިވަންކަން ބޭނުންކުރަންވާނީ ޒިންމާދާރު ކަމާއެކު ކަމަށް ބަޔާނުގައި ފާހަގަ ކޮށްފައިވެ އެވެ. އަދި ނަފުރަތާއި ރުޅިވެރިކަން ނުފެތުރޭނެހެން، ގައުމުތަކާ އެކު އޮންނަ ގުޅުންތައް ހީނަރު ނުވާނެހެން ފަދަ ގޮތަކަށް ކަން ކުރެއްވުމަށްވެސް މިނިސްޓްރީން އިލްތިމާސް ކޮށްފައިވެ އެވެ.

ސަރުކާރުގެ ބައެއް އިސް ބޭފުޅުން، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ފުރައްސާރަ ކޮށްފައިވާތީ، ސަރުކާރު ހިންގާ ކޯލިޝަނުގައި ހިއްސާވާ އެމްއެންޕީއާއި ރައީސް ނަޝީދުގެ އިތުރުން، ފާރިސް މައުމޫން ވެސް ވަނީ އެކަން ކުށްވެރި ކުރައްވާފަ އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް