ads
300 އަށްވުރެ ގިނަ ވިޔަފާރިތަކާ ރައީސް ބައްދަލު ކުރައްވަނީ
މިއަދު ޗައިނާގައި ބާއްވާ ވިޔަފާރި ބައްދަލުވުމުގައި 300 އަށްވުރެ ގިނަ ވިޔަފާރިތަކާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައްދަލު ކުރައްވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ސައީދު ވިދާޅުވީ ޗައިނާގެ ފުޖިއަން ޕްރޮވިންސްގައި ބާއްވާ މި ބައްދަލުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވެފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މި ވިޔަފާރި ބައްދަލުވުމުގައި، އޭވިއޭޝަން، ޓްރެވެލް، ޓޫރިޒަމް، ރިއަލް އެސްޓޭޓް އަދި އިންޖިނިއަރިން އަދި ކާގޯ އެންޑް ލޮޖިސްޓިކްސްގެ ވިޔަފާރިތަކުން ބައިވެރިވާނެ އެވެ. މީގެއިތުރުން ރިނިއުބަލް އެނާޖީ އާއި ބޭންކިން އެންޑް ފައިނޭންސްގެ އިތުރުން ފިޝަރީޒް އެންޑް ޓްރޭޑްގެ ވިޔަފާރިތައް ވެސް މި ބައްދަލުވުމުގައި ބައިވެރިވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ރައީސް ޑރ. މުއިއްޒުގެ ދެކަނބަލުން ޗައިނާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން އިއްޔެ ވަނީ އެ ގައުމުގެ ފްރީ ޓްރޭޑް ޒޯނަށް ޒިޔާރަތް ކުރައްވާފަ އެވެ.

ރައީސްގެ މި ދަތުރުފުޅުގައި ޗައިނާގެ ސަރުކާރާއެކު އެކި ދާއިރާތަކުން ގުޅުން ބަދަހި ކުރުމުގެ އެއްބަސްވުންތައް ބަދަލުކުރާނެ ކަމަށް ރައީސް އޮފީހުން ބުނެ އެވެ. 

އޭގެ ތެރޭގައި ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުން، ފަންނީ ދާއިރާތަކުން މީހުން ބިނާކުރުން، އިޖުތިމާއީ، އިގްތިސާދީ އަދި ޓެކްނޮލޮޖީގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުން ހިމެނޭ ކަމަށް އެ އޮފީހުން ބުނެފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް