ads
އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމުގެ މަގާމު ޗައިނާއިން އަލުން ހޯދަން އެދިވަޑައިގެންފި
ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމުގެ މަގާމު ޗައިނާއިން އަލުން ހޯދަން ކުރާ މަސައްކަތްތައް އިތުރަށް ވަރުގަދަ ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ.

އެމަނިކުފާނު މިކަމަށް އެދިވަޑައިގެންނެވީ މިއަދު ޗައިނާގައި ކުރިއަށްދާ "އިންވެސްޓް މޯލްޑިވްސް" ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނެވެ.

ރައީސް ވިދާޅުވީ ޗައިނާ އާއި ރާއްޖެއާ އޮތް ގުޅުމަކީ ވަރަށް ކުރިންސުރެން ވެސް އޮންނަގާތް ގުޅުމެއްކަމަށާއި ޗައިނާ ފާހަގަވެގެން ގޮސްފައިވަނީ ދިވެހި ރާއްޖެއަށް ގެނެވިފައިވާ ތަރައްގީތަކުން އެންމެ އިސްރޯލެއް އަދާކޮށްފައިވާ ފަރާތުގެ ގޮތުގައި ކަމުގަ އެވެ. 

މިދިޔަ އަހަރު ޗައިނާއިން 187،118 ފަތުރުވެރިން ޒިޔާރަތް ކުރިއެވެ. މިއީ ރާއްޖެއަށް އައި ޖުމްލަ ފަތުރުވެރިންގެ 10 އިންސައްތައެވެ.

ރައީސް ފާހަގަކުރެއްވި ގޮތުގައި ކޮރޯނާވައިރަސްގެ ކުރިން ޗައިނާ އަކީ ދިވެހި ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމުކަމަށާއި އަލުން އެ މާކެޓް ނަގާ ކޮޅަށް ޖެހުމަށް ދެ ގައުމުގެ ކަމާއި ގުޅުން ކުންފުނިތަކުން އަދި ސަރުކާރުގެ ވުޒާރާތަކުންވެސް މަސައްކަތް ކުރަން ޖެހޭކަމަށެވެ. 

"ކޮވިޑުގެ ފަހުން މި ފާއިތުވި ހުރިހާ އަހަރަކު ވެސް ރާއްޖެއަށް އެއް ގައުމަކުން އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ އަވަށްޓެރި އިންޑިއާ އިން. ތިން އަހަރުގެ މެދުކެނޑުމަކަށް ފަހު ޗައިނާ އިން މިދިޔަ ޖެނުއަރީގައި ރާއްޖެއަށް ފަތުރުވެރިން އަންނަން ފަށާފައި ވާއިރު، މިދިޔަ އަހަރު އައިސްފައި ވަނީ 187،118 ފަތުރުވެރިން" ރައީސް ވިދާޅުވި އެވެ.

 

ރައީސް މިހެން ވިދާޅުވެފައި މިވަނީ ސަރުކާރުގެ ބައެއް އިސް ބޭފުޅުން އިންޑިއާއަށާއި ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ފުރައްސާރަ ކޮށްފައިވާތީ، ސަރުކާރު ހިންގާ ކޯލިޝަނުގައި ހިއްސާވާ އެމްއެންޕީއާއި ރައީސް ނަޝީދުގެ އިތުރުން، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި އެހެނިހެން ސިޔާސީ ފަރާތްތަކުން ވެސް ވަނީ އެކަން ކުށްވެރި ކުރައްވާފަ ދަނޑިވަޅެއްގައި އެވެ.

your imageރައީސް ޑރ. މުއިއްޒު ފުޖިއަން ޕްރޮވިންސްގެ ލީޑަރުންނާ އެކު ބޭއްވި ބެންކުއަޓްގައި ސިނަމާލެ ބްރިޖްގެ މޮޑެލް - ފޮޓޯ: ރައީސް އޮފީީސް

ސަރުކާރުގެ އިސް މަގާމުތަކެއްގައި ތިއްބެވި ބޭފުޅުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށާއި އިންޑިއާ އަށް ބަދު ބަސް ބުނެ، މަލާމާތް ކުރައްވައި މީސް މީޑިއާގައި ފާޑު ވިދާޅުވެފައިވާ މައްސަލައިގައި ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ނުތަނަވަސްކަން ވަނީ ބޮޑުވެފައެވެ. 

މައްސަލަ ހޫނުވުމާ ގުޅިގެން ދިވެހި ސަރުކާރުން ވަނީ މި ތިން ބޭފުޅުން ވަޒީފާ އިން ސަސްޕެންޑްކޮށް، ބޭރު ގައުމުތަކުގެ ވެރިންނާ މެދު އިހާނެތި ގޮތްގޮތަށް ވާހަކަދައްކާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ފަސްނުޖެހޭނެ ކަމަށް ބުނެ ބަޔާނެއްވެސް ނެރެފަ އެވެ.

ރާއްޖެއަށް މިހާރު އެންމެ ގިނަ ފަތުރުވެރިން އަންނަނީ އަވަށްޓެރި އިންޑިއާއިންނެވެ. ނަމަވެސް މިދުވަސްކޮޅު އިންޑިއާގެ ފަތުރުވެރިން ރާއްޖެ ނައުމަށް ގޮވާލާ ދަނީ ކެމްޕެއިންނެއް ކުރަމުންނެވެ.

އިންޑިއާއަށް ފަހު ދެން އެެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުތަކުގެ ތެރޭގައި ރަޝިއާއާއި، ޖަރުމަނާއި، އިނގިރޭސިވިލާތް ހިމެނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް