ads
ރާއްޖޭގައި އިތުރު 15 ޑޮމެސްޓިކް އެއާޕޯޓް އަޅަން ނިންމައިފި
ރާއްޖޭގައި އިތުރު 15 ޑޮމެސްޓިކް އެއާޕޯޓް އެޅުމަށް ސަރުކާރުން ނިންމައިފި އެވެ.

ޗައިނާގައި ކުރިއަށްގެންދިއަ އިންވެސްޓް މޯލްޑިވްސް ފޯރަމްގައި ސަރުކާރުން ވަނީ އެކަން ހާމަކޮށް، އިންވެސްޓަރުން ހޯދުމަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ.

އިތުރު ޑޮމެސްޓިކް އެއާޕޯޓްތައް އަޅަން ހަމަޖެއްސި ރަށްތަކުގެ މައުލޫމާތު ހިއްސާ ކޮށްފައި ނުވާއިރު، ރާއްޖޭގައި މިވަގުތުވެސް އޮޕަރޭޓް ކުރާ 16 ޑޮމެސްޓިކް އެއާޕޯޓް އެބައޮތެވެ.

ސަރުކާރުން އަންނަނީ އޭވިއޭޝަންގެ ހިދުމަތް އިތުރަށް ފުރިހަމަކުރުމުގެ ގޮތުން، މިހާރު ރާއްޖޭގައި ބޭނުންކުރާ ޑޮމެސްޓިކް އެއާޕޯޓްތައް އިތުރަށް ތަރައްގީކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.

ރާއްޖޭގެ ގިނަ މަޝްރޫއު ތަކަށް ޗައިނާގެ އެހީ ހޯދުމަށް، ރައީސް ޑރ. މުއިއްޒު ޗައިނާ ސަރުކާރާއި އަދި އެގައުމުގެ ވިޔަފާރިވެރިންނާއެކު ފުޖިއަން ޕްރޮވިންސްގައި ބޭއްވި ރާއްޖޭގެ ބިޒްނަސް ފޯރަމްގައި ވަނީ މަޝްވަރާކުރައްވާފަ އެވެ.

ޗައިނާ ފާހަގަވެގެން ގޮސްފައިވަނީ ރާއްޖެ އަދި އެހެން ގައުމުތަކެއް ތަރައްގީ ކުރުމުގައި ވަރަށް މުހިންމު ރޯލެއް އަދާކުރާ ގައުމެއްގެ ގޮތުގައި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް