ads
އާދީއްތަ ދުވަހުން ފެށިގެން ހަތަރު ބިލިއަން ރުފިޔާގެ ޓީބިލް ވިއްކަނީ
ސަރުކާރުގެ ހަރަދުތައް ހަމަޖައްސުމަށް އަންނަ އާދިއްތަ ދުވަހުން ފެށިގެން ހަތަރު ބިލިއަން ރުފިޔާގެ ޓީބިލް ވިއްކަން ފަށާނެކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ވަނީ 2.3 ބިލިއަން ރުފިޔާގެ ޓީބިލް %3.5 އިންޓްރެސްޓްގައި 28 ދުވަސް ތެރޭގައި އަނބުރާ ދައްކާ ބިލަކާއި، 98 ދުވަހުން އަނބުރާ ދައްކަން ޖެހޭ 263.4 މިލިއަން ރުފިޔާގެ %3.8 އިންޓްރެސްޓް އަރާ ޓީބިލެއް ވިއްކުމަށް ނިންމާފަ އެވެ.

މީގެއިތުރުން 69 މިލިއަން ރުފިޔާގެ %4.23 އިންޓްރެސްޓްގައި 182 ދުވަސް ތެރޭގައި އަނބުރާ ދައްކަން ޖެހޭ ޓީބިލަކާއި 364 ދުވަސް ތެރޭގައި އަނބުރާ ދައްކާ 1.7 ބިިލިއަން ރުފިޔާގެ %4.6 އިންޓްރެސްޓް އަރާ ޓީ ބިލް ތަކެއް ވެސް ހިމެނެއެވެ.

ވިއްކަން ނިންމާފައިވާ ޓީބިލްތަކުގެ އިންޓްރެސްޓް ރޭޓް އުޅެނީ 3.50 އިންސައްތައާއި 4.60 އިންސައްތައާއި ދެމެދުގަ އެވެ.

ބަޖެޓްގެ ދަރަނި ފޫބެއްދުމަށް ވިއްކާ ކުރު މުއްދަތުގެ މި ބިލްގައި މިހާރު އިންވެސްޓްކުރަނީ ބޭންކްތަކާއި ޕަބްލިކް ކުންފުނިތަކާއި ޕެންޝަން އޮފީސް އަދި އަމިއްލަ ކުންފުނިތަކުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް