ads
ހދ އަތޮޅުން ފެށިގެން ދ އަތޮޅަށް ހުދުސަމާލު ނެރެފި
ހދ އަތޮޅުން ފެށިގެން ދ އަތޮޅަށް ހުދުސަމާލު މޫސުމާ ބެހޭ އިދާރާއިން ނެރެފި އެވެ.

ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނޭކަމަށް ލަފާ ކޮށް ހުދުސަމާލު ނެރެފައިވަނީ 12/18:00 އިން 12/23:00 އަށެވެ. 

މީގެ އިތުރުން މޫސުމާއި ބެހޭ އިދާރާއިން ތ އަތޮޅުން ފެށިގެން ގދ އަތޮޅަށް ވެސް ހުދު ސަމާލު ނެރެފައިވެ އެވެ.

ވޭތުވެދިޔަ 12 ގަޑިއިރު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހިފައިވާއިރު އެކިވަރުގެ ގެއްލުން ވެސް ބައެއް ރަށްތަކަށް ވަނީ ވެފަ އެވެ. އެގޮތުން އުދައަރާ ކޮމަންޑޫ ގެތަކަށް ބޮޑެތި ގެއްލުން ވެފައިވެފައިވެއެވެ. މީގެ އިތުރުން މާލޭގައި ފެންބޮޑުވެ ބައެއް ގެތަަކަށް ފެންވެސް ވަދެފައި ވެއެވެ.

މެޓުން ބުނީ ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ހިސާބުތަކުގައި ރާޅުގެ އުސްމިން 7-8 ފޫޓާ ދޭތެރޭ އަދި ށ.އަތޮޅުން ވ.އަތޮޅާ ދޭތެރޭ ހުރިކަމަށެވެ. އަދި ވައިގެ އެވްރެޖް ބާރުމިން 25-30 ދޭތެރޭ ހުންނާނެ ކަމަށާއި މިވަރަށް ވައި ދަމަހައްޓާނަމަ މާކަނޑުގައި ރާޅުގެ އުސްމިން 3-7 ފޫޓަށް ހުންނާނެ ކަމަށް މޫސުމާއި ބެހޭ އިދާރާއިން ބުނެ އެވެ.

އަދި މި ދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެތީ، މޫސުމަށް ސަމާލުވާން ވަނީ އެދިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް