ads
2019 އަހަރުން ފެށިގެން ކުރިން ނުދީ ހުރި ފައިސާ ކައުންސިލްތަކަށް ދިނިން : އަމީރު
ކުރިން ނުދީ ހުރި އާމްދަނީ 2019 ވަނަ އަހަރުން ފެށިގެން ކައުންސިލްތަކަށް އަތޮޅު ކައުންސިލް މެދުވެރިކޮށް ދެމުން ދިޔަކަމަށް ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

މާލޭ ސިޓީ ކައއުންސިލްގެ މޭޔަރ ހުވާކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ޑރ މުއިއްޒު ވިދާޅުވީ އަތޮޅު ފިހާރަތަކުން ލިބޭ އާމްދަނީ އަތޮޅުތަކަށް ލިބޭނެ ގޮތް ހައްދަވާނެކަމަށެވެ. މާލޭގައި ހުންނަ އަތޮޅު ފިހާރަތަކުން ފައިސާ ލިބުނު ނަމަވެސް ކުރީ ސަރުކާރުތަކުން އެ ފައިސާ އަތޮޅުތަކަށް ހަވާލުނުކުރާކަމަށް  ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ. 

ކުރިން އަތޮޅު ފިހާރަތަކުންލިބޭ އާމްދަނީ އަތޮޅުތަކަށް ލިބެނީ އޭގެ 50 ފަސެންޓެވެ. އެހެންނަމަވެސް އެ ނިންމުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ވެރިކަމުގައި ބަދަލުކުރައްވާ އަތޮޅު ފިހާރަތަކުން ލިބޭ އާމްދަނީ އެއްކޮށް އަތޮޅުތަކަށް ދިނުމަށް ނިންމެވިއެވެ. 

ރައީސް ޑރ މުއިއްޒުގެ ނިންމެވުމާއި ގުޅިގެން ކުރީގެ ފިނޭންސް މިނިސްޓަރ އިންރާހިމް އަމީރު މިއަދު ވިދާޅުވީ އެމްޑީޕީން 2018 ވަނަ އަހަރު ވެރިކަމާއި ހަވާލުވިއިރު އަތޮޅު ފިހާރަތަކަށް 2014ވަނަ އަހަރުން ފެށިގެން ލިބުނު އާމްދަނީ ކައުންސިލްތަކާ ހަވާލުކޮށްފައި ނުވާކަމަށެވެ. އަދި 2019 ވަނަ އަހަރުން ފެށިގެން އެ ފައިސާތައް ކައުންސިލްތަކަށް އަތޮޅު ކައުންސިލް މެދުވެރިކޮށް ދެމުން ގެންދިޔަކަމަށެވެ. 

އަތޮޅު ފިހާރަތަކުން ލިބޭ އާމްދަނީ އެއްކޮށް ކައުންސިލަތަކަށް އޭރު ދޫކޮށްލަން މިދިޔަ ސަރުކާރުން ނިންމީ ކައުންސިލްތައް މާލީ ގޮތުން އިތުރަށް ބާރުވެރިވާނެކަމަށް ބުނެ ކައުންސިލްތަކުން ހުށައެޅުމުންނެވެ. 

އަތޮޅުތަކުގެ ރައްޔިތުން މާލޭގެ ބާޒަރުމަތީގައި އަތޮޅު ފިހާރަ ނަމުގައި ފިހާރަތަކެއް ހަދާ ފއިވަނީ 1960ގެ ތެރޭގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް