ads
ޖީޑީޕީ 12 ބިލިއަން ޑޮލަރަށް އިތުރުކުރުމުގައި ކަސްޓަމްސްގެ ދައުރު މުހިއްމު: ‏ސައީދު
ރާއްޖޭގެ ޖީޑީޕީ ހަ ބިލިއަނުން 12 ބިލިއަން ޑޮލަރަށް އިތުރުކުރުމުގައި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން މުހިއްމު ދައުރެއް އަދާކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ބައިނަލްއަގްވާމީ ކަސްޓަމްސް ދުވަސް ފާހަގަކުރުމަށް ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ޖީޑީޕީ އިތުރުކުރުމުގެ އެ އަމާޒަށް ވާސިލުވުމަށްޓަކައި ހަތަރު ކަމަކަށް އިސްކަންދެއްވާނެ ކަމަށެވެ. 

އެގޮތުން ފަތުރުވެރިކަމުގެ ސިނާއަތް ވަރުގަދަ ކުރުމާއި، މެރިޓައިމް އިކޮނޮމީ ފުޅާކުރުމާއި، އެއާ ޓްރާންސްޝިޕްމަންޓު ނުވަތަ އެއާ ކާގޯ އިތުރުކުރުމުގެ އިތުރުން ފައިނޭންޝަލް އިކޮނޮމީ ފުޅާކުރުމަށް އިސްކަން ދެއްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ކާގޯ އިތުރުކުރުމުގައި ކަސްޓަމްސްގެ ދައުރު ބޮޑުކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މީގެއިތުރުން ކަސްޓަމްސްއަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ގާއިމްކުރުމަށް ބޭނުންވާ އެހީތެރިކަމާއި، ޑިޖިޓަލް އިކޮނޮމީއަކަށް ދިޔުމަށް ކަސްޓަމްސްއިން ބޭނުންވާ ކަންތައްތައް ސަރުކާރުން ކޮށްދޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

" ސަރުކާރުގެ ފަރާތުން ޔަޤީންކަން ދެން ކަސްޓަމްސްއަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ޤާއިމްކުރުމަށް އެހީތެރިކަންދޭނެ، ޑިޖިޓަލް އިކޮނޮމީއަކަށް ދިޔުމަށް ކަސްޓަމްސްއިން ބޭނުންވާ ކަންތައްތައް ސަރުކާރަށް ހުށަހެޅުމުން ސަރުކާރުން އެކަންތައްތައް ފަހިކޮށްދޭނެ،" މިނިސްޓަރު ސައީދު ވިދާޅުވި އެވެ.

ކަސްޓަމަސް ދުވަހުގެ މުނާސަބަތުގައި ބޭއްވި އެ ހަފްލާގައި ވަނީ އާޓިފިޝަލް އިންޓެލިޖެންސް (‏އޭއައި) ބޭނުންކުރަން ފަށާފަ އެވެ. އަދި ހިދުމަތްތައް އިތުރަށް ތަރައްގީ ކުރުމަށް އަދިވެސް ގިނަ މަސައްކަތްތަކެއް ކުރުމަށް ރާވާފައިވާ ކަމަށް ކަސްޓަމްސްއިން ބުނެފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް