ads
ދުނިޔޭގެ އެންމެ ބޮޑު ކުރޫޒް ލައިނާ ޓައިޓޭނިކް އަށް ވުރެ ބޮޑު
ދުނިޔޭގެ އެންމެ ބޮޑު ކުރޫޒް ލައިނާ ރޯޔަލް ކެރީބިއަންގެ އައިކަން އޮފް ދަ ސީސް، އޭގެ ފުރަތަމަ ދަތުރުފަށައިފި އެވެ.

މިދަތުރު ފަށާފައިވަނީ އެމެރިކާގެ މިއާމީއިންނެވެ. މި ދަތުރުގައި ހަމަޖެހިފައިވަނީ ވާޖިން އައިލެންޑްސްގެ ސެއިންޓް ކިޓްސް އަދި ޗާލޮޓް އަމާލީ އަށް ދިއުމަށެވެ. 

20 ފަންގިފިލާގެ މި ބޮޑު ކުރޫޒް ލައިނާ އަކީ 5600 މީހުންނަށް ހިދުމަތްދެވޭ ގޮތަށް ތައްޔާރުކޮށްފައިވާ އުޅަނދެކެވެ. މި އުޅަނދުގައި 2350 ފަޅުވެރިން ތިބުމަށް ހަމަޖެހިފައިވެއެވެ.

ދިގު މިނުގައި 365 މީޓަރު ހިމެނޭ މި އުޅަނދުގެ ދިގު މިނަކީ 250800 ޓަނެވެ. މި ކުރޫޒްލައިނާގައި ހަތް ޕޫލުގެ އިތުރުން ހަ ވޯޓާ ސްލައިޑް ހިމެނެއެވެ. ރެސްޓޯރެންޓް ކެފޭ އަދި މުނި ފޫހި ފިލުވާ ތަންތަން ހިމެނޭހެން 40 އަސް ވުރެ ގިނަ ސަރަހައްދު ހުރެއެވެ.

1.79 ބިލިއަން ޑޮލަރު މި ކުރޫޒް ލައިނާ އަށް ހަރަދުވީއިރު މި ކުރޫޒް ލައިނާ ތައްޔާރުކުރަން 900 ދުވަސް ހޭދަވެފައިވެއެވެ.

މި ކުރޫޒް ލައިނާގެ ޓިކެޓުގެ އަގު އުޅެނީ 1،723 ޑޮލަރާއި 2،639 ޑޮލަރާ ދެމެދުގަ އެވެ.

your imageދުނިޔޭގެ އެންމެ ބޮޑު ކްރޫޒް ލައިނާ، ރޯޔަލް ކެރީބިއަންގެ އައިކަން އޮފް ދަ ސީސް

މަޝްހޫރު ކުރޫޒް ލައިނާ ޓައިނޭޓިކް ގެ ކެޕޭސިޓީ އަކީ ފަޅުވެރިންނާއި ލައިގެން 2566 އެވެ. މި އަދަދާއި އަޅާބަލާއިރު ލައިނާ ރޯޔަލް ކެރީބިއަންގެ އައިކަން އޮފް ދަ ސީސް ގެ ކެޕޭސިޓީގައި 3034 އިތުރެވެ. ޓައިނޭނިކް ގެ ދިގުމިނަކީ 269.1 މީޓަރު ހުރެ އެވެ. މިއާއި އަޅާބަލާއިރު ލައިނާ ރޯޔަލް ކެރީބިއަންގެ އައިކަން އޮފް ދަ ސީސް ގެ ދިގުމިނުގައި 95.9 މީޓަރު އިތުރެވެ. 

ވުމާއިއެކު ލައިނާ ރޯޔަލް ކެރީބިއަންގެ އައިކަން އޮފް ދަ ސީސް ކުރޫޒް ލައިނާ އަކީ ޓައިޓޭނިކް އަށް ވުރެ ބޮޑު ކުރޫޒް ލައިނާ އެކެވެ.

ފުރަތަމަ ދަތުރަށް އިނގިރޭސިލާތުގެ ސަދަޕްމްޓަން އިން ފުރައިގެން އެމެރިކާގެ ނިއު ޔޯކަށް ދަތުރުކުރަނިކޮށް ގަނޑުފެންގަނޑެއްގައި ޖެހި މެދުން ބިނދި، ދެ ބުރިވެގެން އެޓްލާންޓިކް ކަނޑަށް "ޓައިޓޭނިކް" ފެތުނީ 10 އެޕްރީލް 1912 ގަ އެވެ. އެ ބޯޓަކީ އެ ޒަމާނުގައި ބަން އެންމެ ބިޔަ ބޯޓެވެ. "ޓައިޓޭނިކް" ހާދިސާގައި 1517 މީހުން މަރުވި އިރު، ސަލާމަތްވީ އޭގައި ތިބި 2223 މީހުންގެ ތެރެއިން އެންމެ 706 މީހުންނެވެ.

your imageފުރަތަމަ ދަތުރަށް ނުކުމެ އުޅެނިކޮށް ގަނޑުފެންގަނޑެއްގައި ޖެހި ބިންދައިގެން ގޮސް އަޑިޔަށް ދިޔަ ޓައިޓޭނިކް

ފުރަތަމަ ދަތުރަށް ނުކުމެ އުޅެނިކޮށް ގަނޑުފެންގަނޑެއްގައި ޖެހި ބިންދައިގެން ގޮސް އަޑިޔަށް ދިޔަ ޓައިޓޭނިކްގެ ވާހަކަ އަކީ އަސަރުން ފުރިގެންވާ ވާހަކައެކެވެ. އެތައް ބައެއްގެ ފުރާނަ ވެސް، 1912 ގައި ގެއްލުނު މި ހާދިސާ ފަހުގެ ޖީލަށް އެންމެ ރީތިކޮށް ސިފަކޮށްދީފައި ވަނީ ހޮލީވުޑްގެ ޑައިރެކްޓަރު ޖޭމްސް ކެމެރޮން 1997 ގައި ގެނެސްދިން ފިލްމު "ޓައިޓޭނިކް" އިންނެވެ.

ޓައިޓޭނިކް ހާދިސާގެ ތެރެއަށް ހިޔާލީ ލޯބީގެ ވާހަކައެއް ފައްތާލައިގެން އޭނާ ގެނެސްދިން އެ ފިލްމަކީ ދުނިޔޭގައި މިހާތަނަށް ތިން ވަނަ އަށް އެންމެ ބޮޑު އާމްދަނީ ހޯދި ފިލްމުގެ ރެކޯޑް ވެސް އޮތް ފިލްމެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް