ads
ރާއްޖެއަށް އެންމެ ގިނަ ފަތުރުވެެރިން އަންނަ ގައުމުތަކުގެ ލިސްޓަށް ޗައިނާ
ރާއްޖެއަށް އެންމެ ގިނަ ފަތުރުވެެރިން އަންނަ ގައުމުތަކުގެ ލިސްޓުގެ އެއްވަނައަށް، ކޮވިޑް-19އަށް ފަހު ފުރަތަމަ ފަހަރަށް، ޗައިނާ ޖެހިލައިފި އެވެ.

ވޭތުވެދިޔަ ތިން އަހަރު ވެސް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ އިންޑިއާ މިހާރު އޮތީ ފަތުރުވެރިން އަންނަ ގައުމުތަކުގެ ލިސްޓުގެ ފަސް ވަނައިގަ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކައް ބަލާއިރު މި އަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ގައުމަކީ ކުރީގެ އެއްވަނަ މާކެޓް ކަމަށްވާ ޗައިނާ އެވެ. ކޮވިޑުގެ ބަލިމަޑުކަމަށްފަހު ފުރަތަމަ ފަހަރަށް ރާއްޖޭގެ އެއްވަނަ މާކެޓްގެ މަގާމަށް އެރި ޗައިނާއިން މި އަހަރުގެ މިހާތަނަށް 23،972 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފަ އެވެ.

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވާ ގައުމުތައް:

  1. ޗައިނާ - 23،972
  2. ރަޝިއާ - 21،898
  3. އިޓަލީ - 21،321
  4. ޔޫކޭ - 18،078
  5. އިންޑިއާ - 16،536
  6. ޖަރުމަނު - 12،842
  7. ފްރާންސް - 7،624
  8. އެމެރިކާ - 7،452
  9. ޕޮލޭންޑް - 6،063
  10. ސްވިޓްޒަލޭންޑް - 4،211

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ގައުމުތަކުގެ ލިސްޓުގެ އެއްވަނައަށް އަލުން އަނބުރާ ޗައިނާ ގެނައުމުގެ މަސައްކަތާ ގުޅޭ މަޝްވަރާތައް ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާ ސަރުކާރާއެކު ކުރައްވާފައިވެ އެވެ. 

އިންޑިއާއިން ރާއްޖެ ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު މަދުވެފައި މިވަނީ، އެ ގައުމުގެ ލަކްޝަދީބު ޕްރޮމޯޓް ކުރުމުގެ ކެމްޕެއިނުގެ ތެރެއިން ރާއްޖެ ބޮއިކޮޓް ކުރުމަށް ގޮވާލަމުންދާ ދަނޑިވަޅެއްގަ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ އެރައިވަލް ރިޕޯޓުގައިވާ ގޮތުގައި މި އަހަރުގެ މިހާތަނަށް 214،470 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފަ އެވެ. މި އަހަރު ރާއްޖެއަށް ދެ މިލިއަން ފަތުރުވެރިން ގެނައުމަކީ މިނިސްޓްރީގެ އަމާޒެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް