ads
ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ކުރިމަތިލުމަށް ހުޅުވާލައިފ
ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން, ފަތުހުﷲ ޖަމީލު މަގާމުން އިސްތިއުފާ ދެއްވުމާއއި ގުޅިގެން އެމަގާމަށް ކުރިމަތިލުމުގެ ފުރރުސަތު ރައީސް އޮފީހުން ހުޅުވާލައިފިއެވެ.

ފަތުހުﷲ ޖަމީލު މަގާމުން ިއސްތިއުފާދެއްވީ މިމަހުގެ 1 ވަނަދުވަހުއެވެ. އެނގިފައިވާ ގޮތުގައި އޭނާ މަގާމުން އިސްތިފާދެއްވީ އަންނަ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ތިމަރަފުށި ދާއިރާއަށް ވާދަކުރެއްވުމަށެވެ. 

ރައީސް އޮފީހުން ބުނީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފައިވާކަމަށެވެ. އަދި އެމަގާމަށް ކުރިމަތިލާން ބޭނުންވާ ފަަރާތްތަކުގެ ފޯމް ބަލައިގަންނާނީ މިމަހުގެ 20 ވަނަ ދުވަހާއި 21 ވަނަދުވަހު ހެނދުނު 08:00 އިން 12:00 އަށް ކަމަށެވެ. 

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން މަގާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނުންނާއި އެ އޮފީހުގެ ވެބްސައިޓް https://presidency.gov.mv އިން ލިބެން ހުންނާނެކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ. 

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ފަތުޙުﷲ ޖަމީލު އައްޔަންކުރެއްވީ 31 އޮކްޓޫބަރ 2019ގައެވެ. ފަތުޙުﷲ ޖަމީލަކީ ޓެކްސް އަދި އޮޑިޓާ ގުޅޭ އެކި މަޤާމުތަކުގައި 2003 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. 

މީރާ މިހާރު ހިންގަވަމުން ގެންދަވަނީ ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ އަސްމާ ޝަފީޢުއެވެ. އޭނާ ވަނީ 1999 ވަނަ އަހަރުން ފެށިގެން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގައި އޮޑިޓާއި އެކައުންޓިންއާއި ގުޅޭ އެކި މަޤާމުތަކުގައި ޚިދުމަތް ކުރައްވާފައެވެ. ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަނަށް މަގާމަށް އައްޔަންކުރުމުގެ ކުރިން އަސްމާ އަދާކުރައްވާފައިވަނީ މީރާގެ ޑިރެކްޓަރ ޖެނެރަލް، ޕްލޭނިންގް އެންޑް ޑިވެލޮޕްމަންޓުގެ މަޤާމެވެ. އޭނާ ވަނީ އޮކްސްފޮޑް ބްރޫކްސް ޔުނިވަރސިޓީގައި އެކައުންޓިންގ އެންޑް ފައިނޭންސްގެ ދާއިރާއިން ބެޗެލަރސް ޑިގްރީ ހާޞިލްކުރައްވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް