ads
އުރީދޫގެ އެކްސްޕީރިއަންސް ސެންޓަރު ދަނބު ގޯޅިއަށް ބަދަލު ކޮށްފި
އުރީދޫ މޯލްޑިވްސްއިން ގާއިމުކޮށްފައިވާ މާލޭގެ އެކްސްޕީރިއަންސް ސެންޓަރު ދަނބު ގޯޅީގައި ހުންނަ ސިސިލް ގާޑަނަށް ބަދަލުކޮށްފިއެވެ.

އުރީދޫގެ އާ އެކްސްޕީރިއަންސް ސެންޓަރު ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި އެ ސެންޓަރު ހުޅުވައިދެއްވީ ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފެވެ. އެ ރަސްމިއްޔާތުގައި އުރީދޫގެ މެނޭޖިން ޑިރެކްޓަރު ހާލިދް އަލް ހަމަދީ ވެސް ބައިވެރިވެފައިވެ އެވެ.

އުރީދޫއިން ބުނީ ދަނބު ގޯޅިގައި ހުޅުވި އެކްސްޕީރިއަންސް ސެންޓަރާއެކު، މާލޭގައި އުރީދޫގެ ރަސްމީ އެކްސްޕީރިއަންސް ސެންޓަރަކަށް ވާނީ އެ ސެންޓަރު ކަމަށެވެ.

އާ އެކްސްޕީރިއަންސް ސެންޓަރު ފަރުމާކުރެވިފައިވަނީ އުރީދޫއިން ފޯރުކޮށްދޭ ހިދުމަތްތައް ކަސްޓަމަރުންނަށް އެންމެ ހިތްހަމަޖެހޭ ފެންވަރުގައި ފޯރުކޮށްދެވޭނެ މާހައުލެއް ފަހިކޮށްދިނުމަށް ކަމަށް އުރީދޫއިން ބުނެ އެވެ.

ދަނބު ގޯޅީގައި ހުޅުވި އާ ސެންޓަރުވެސް ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު ހެނދުނު 9:00 އިން ހަވީރު 4.30 އަދި ރޭގަނޑު 8:00 އިން 10:00 އަށް ހިދުމަތް ލިބޭނެ ކަމުގައި އުރީދޫއިން ބުނެފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް