ކާޑުތަކުން ނެގޭ ޑޮލަރުގެ އަދަދު ކުޑަކުރަން ނިންމަން މަސައްކަތް ކުރަމުންދާއިރު ބޯޑުން އެ ނިންމުން ނިންމާފައިވާކަމަށް ވެސް މައުލޫމާތު ލިބިފައިވެ އެވެ. އަދި ހާލަތު ބަދަލު ނުވާ ނަމަ މި ނިންމުމަށް މިމަހު އަމަލު ކުރަން ފަށާނެކަމަށް ވެ އެވެ.
ނަމަވެސް ބީއެމްލުން ވާހަކަ ދެއްކި އޮފިޝަލް ވިދާޅުވީ ބޭރު ފައިސާ ލިބުމުގައި ބޭންކަށް ދިމާވާ ދަތިތަކާ ގުޅިގެން ރުފިޔާ އެކައުންޓްތަކުން ބޭރު ފައިސާގެ މުއާމަލާތް ކުރުމަށް މިހާރު ކަނޑައަޅާފައިވާ ކާޑު ލިމިޓްތައް މިދަނީ މުރާޖަޢާ ކުރަމުން ކަމަށެވެ. އަދި މިހާތަނަށް ބޭންކުން ވަކި ލިމިޓެއް ކަނޑަނާޅާ ކަމަށާއި އަދި އާ ލިމިޓަކަށް އަމަލުކުރަން ފަށާނެ ތާރީހެއް ވެސް ކަނޑަނާޅާ ކަމަށް އޭނާ ވިދާޅުވި އެވެ.
މިހާރު ކާޑުތަކުން ނެގޭ ލިމިޓް
- ޑެބިޓް ކާޑުން 250 ޑޮލަރު
- ކްރެޑިޓް ކާޑުން 750 ޑޮލަރު
ބޭރުގައި ނެގޭ ޑޮލަރު ނެގޭ ލިމިޓް ބޭނުންކުން ކުޑަކުރަން ނިންމާފައިވަނީ ހުރިހާ ކާޑުތަކަކަށެވެ.
ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ކާޑުތަކުން ނެގޭ ޑޮލަރުގެ ލިމިޓް މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ބޮޑުކުރާނެކަން ސަރުކާރުން ކުރިން އިއުލާންކުރިއެވެ. އެހެންނަމަވެސް ޑޮލަރު ތާށިކަން ބޮޑުވެ ސަރުކާރުންވަނީ އެ ނިންމުން ފަހުން ތަންފީޒުކުރަން ނިންމާފައެވެ.