ads
ޝިއަމެން އެއާއިން ރާއްޖެއަށް ދަތުރު ފަށައިފި
ޗައިނާގެ ފުޖިއާން ޕްރޮވިންސްގެ ފަތުރުވެރިންނާއެކު ޒިއަމަން އެއާގެ ދަތުރުތައް މިއަދު ރާއްޖެއަށް ފަށައިފި އެވެ.

މިއަދު މި އެއާލައިންގެ ދަތުރު ރާއްޖެއަށް ފަށާފައިވާ އިރު މި ފްލައިޓުން އާއި ފަތުރުވެރިންނަށް މަރުހަބާ ކިޔުމަށް ޓުއަރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އަދި ޓުރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންގެ އިތުރުން މޯލްޑިވެސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓަޑް (އެމްއޭސީއެލް) އަދި މޯލްޑިވްސް މާކެޓީންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޮމްޕެނީ ގެ (އެމްއެމްޕީއާރްސީ) އިސްވެރިން  ވެސް ބައިވެރިވެފައިވެއެވެ. މީގެ އިތުރުން  ޗައިނާއިން ރާއްޖެއަށް ކަނޑައަޅައިފައިވާ ސަފީރު، ވާންގް ލީޝިން ވެސް ފަތުރުވެރިންނަށް މަރުހަބާ ކިޔުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ. 

މިއަދު އައި ފްލައިޓުގައި 236 ޕެސެންޖަރުން ޒިޔާރަތްފައިވާކަމަށް އެމްއޭސީއެލް އިން ބުނެއެވެ. 

މީގެ ކުރިން ޗައިނާ އިން ރާއްޖެއަށް ސީދާ ދަތުރުތައް ކުރަމުންއަންނަނީ އެންމެ އެއާ ލައިނަކުންނެވެ. ކޮވިޑް19ގެ ކުރިން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ ޗައިނާއިން ނެވެ.

your imageޝިއަމަން ފްލައިޓުން އައި ފަތުރުވެރިންނައް މަރުހަބާ ކިޔުމުގެ ތެރެއިން 

ތިން އަހަރަށް ފަހު ޗައިނާއިން ރާއްޖެއަށް ސީދާ ދަތުރުތައް ފަށާފައި ވަނީ މިދިޔަ އަހަރުގެ ޖެނުއަރީގައެވެ. މިދިޔަ އަހަރު ޗައިނާއިން 187,125 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، އެ ގައުމު ވެފައި ވަނީ ތިން ވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރި ގައުމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާ އަށް ކުރެއްވި ދަތުރުގައި އެ ގައުމު ރާއްޖޭގެ ޓޫރިޒަމްގެ އެއް ވަނަ މާކެޓަކަށް ހެދުމަށް އެދިވަޑައިގެންފައިވެ އެވެ.

ޗައިނާގެ މީޑިއާ ވާހަކަ ދައްކަވަމުން އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ފާތިމަތު ތައުފީގު ވިދާޅުވީ ޗައިނާއާ އެކު މި ސަރުކާރުން ހެދި އާ އެއްބަސްވުންތަކާ އެކު ކޮވިޑް-19 ބަލިމަޑުކަމުގެ ކުރިން ޗައިނާ މާކެޓު އޮތް ހިސާބަށް މި އަހަރު އަރާނެ ކަމަށް ލަފާކުރެއްވޭ ކަމުގަ އެވެ. 

ޗައިނާ އަކީ މިދިޔަ އަހަރު ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އައި ގައުމެވެ. މި އަހަރު ފެށުނު ފަހުން މި މަހުގެ 13 އާ ހަމައަށް އެ ގައުމުން ރާއްޖެ އަށް 4،288 ޓޫރިސްޓުން އައިސްފައިވެ އެވެ،  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް