ads
ހަނާން
ހަނާން ގައުމީ ރެކޯޑް އާކޮށްފި
ބަޓަރފްލައި 50 މީޓަރު އިވެންޓްގެ ގައުމީ ރެކޯރޑް ހަނާން ހުސެއިން ހަލީމް އާކޮށްފިއެވެ.

ތައިލަންޑްގެ ޕުކެޓްގައި ކުރިއަށްދިޔަ ދަ ފެޑަރޭޝަން އޮފް ބްރިޓިޝް އިންޓަނޭޝަނަލް ސްކޫލްސް އިން އޭޝިއާ (ފޮބިސިއާ) ސްވިމިންގ އިންވިޓޭޝަނަލް 2024 ފެތުމުގެ މުބާރާތުގައި ގައި ވާދަކޮށް ލޯންގ ކޯސް 50 މީޓަރ ބަޓަރފްލައި އިވެންޓްގެ ޤައުމީ ރެކޯރޑް ހަނާން ހުސެއިން ހަލީމް އާކޮށްފިއެވެ. ހަނާން މިއިވެންޓްގެ ޤައުމީ ރެކޯރޑް އާކޮށްފައިވަނީ 00.32.00 އިން ރޭސް ފުރިހަމަކޮށްގެންނެވެ.

50 މީޓަރ ބަޓަރފްލައި އިވެންޓުގެ ޤައުމީ ރެކޯރޑް އެންމެފަހުން އާކޮށްފައިވަނީވެސް ހަނާން އެވެ. އެއީ މިދިޔަ އަހަރު ބޭއްވުނު 11 ވަނަ އިންޑިއަން އޯޝަން އައިލަންޑް ގޭމްސްގައި 00.32.15 އިން ރޭސް ފުރިހަމަކޮށްގެންނެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް