ads
މިކްސްޑް ރިލޭ ޓީމް
މިކްސްޑް ރިލޭ ޓީމުން ގައުމީ ރެކޯޑް އާކޮށްފި
ލޯންގކޯސް 4 ގުނަ 100 މީޓަރ މެޑްލޭ މިކްސްޑް ރިލޭ އިވެންޓުގެ ގައުމީ ރެކޯރޑް ދިވެހި ފެތުންތެރިން އާކޮށްފިއެވެ.

ލޯންގކޯސް 4 ގުނަ 100 މީޓަރ މެޑްލޭ މިކްސްޑް ރިލޭ އިވެންޓުގެ ގައުމީ ރެކޯރޑް ދިވެހި ފެތުންތެރިން އާކުރީ، މިހާރު ގަތަރުގެ ދޯހާގައި ކުރިއަށް ދާ 21 ވަނަ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްސްގައެވެ. މި ރެކޯރޑް ދިވެހި ފެތުންތެރިން އާކޮށްފައިވަނީ 04:41.83 އިން ރޭސް ނިންމައިގެންނެވެ. މިފަހަރުގެ ރެކޯރޑް އާކުރި ޓީމުގައި ހިމެނެނީ ހަމްނާ އަހްމަދު، މުބާލް ޢއައްޒާމް އިބްރާހީމް، މުހައްމަދު ރިހާން ޝިހާމް އަދި އައިޝަތު އުލްޔާ ޝާއިޤް އެވެ.

މިއިވެންޓުގެ ގައުމީ ރެކޯރޑް އެންމެ ފަހުން އާކޮށްފައިވަނީ މިދިޔަ އަހަރު ބޭއްވުނު 19 ވަނަ އޭޝިއަން ގޭމްސްގައެވެ. އޭޝިއަން ގޭމްސްގައި އާކޮށްފައިވާ މިރެކޯރޑްގެ ވަގުތަކީ 04:48.51 އެވެ. އެފަހަރު ގެ ޓީމުގައި ހިމެނުނީ މުބާލް އައްޒާމް އިބްރާހިމް، އިމްއާން އަލީ، ހަމްނާ އަހްމަދު އަދި ހަނާން ހުސައިން ހަލީމް އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް