ads
އިގްތިސޯދު އަންނަނީ ލަފާކުރި ވަރަށް ވުރެންވެސް ބާރަށް ރަނގަޅުވަމުން: ސައީދު
ރާއްޖޭގެ އިގްތިސޯދު އަންނަނީ ކުރިން ލަފާކުރި މިންވަރަށްވުރެ ވެސް ހަލުވި މިނެއްގައި ރަނގަޅުވަމުން ކަމަށް އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ސައީދު މިހެން ވިދާޅުވީ މީގެ ކުޑައިރުކޮޅެއް ކުރިން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގަ އެވެ. 

އެ ޕޯސްޓުގައި ސައީދު ވިދާޅުވީ، އިތުބާރު ގެއްލުވާލަން ފިލާތިބެ ބަޔަކު މަސައްކަތްކުރަނީ އިންތިޒާރުކުރި ގޯސްހާލަތަށް ރާއްޖެ ވައްޓާނުލެވުމުން  ކަމަށެވެ. އަދި އެއީ ސިޔާސީގޮތުން މާޔޫސްވެގެން ކުރާ ކަމެއްގެ ގޮތުގައި ސިފަކުރެއްވި އެވެ.  

”ރާއްޖެ ވަކި ޕްރޮގްރާމެއްގައި ބައިވެރިވާކަށްނުޖެހޭ. އިގްތިސޯދީ ހާލަތު އައްނަނީ ކުރީން ލަފާކުރި ވަރަށް ވުރެންވެސް ބާރަށް ރަނގަޅުވަމުން.“ އޭނާގެ ޕޯސްޓުގައި ވެއެވެ.

ރާއްޖޭގެ އިގްތިސޯދީ ހާލަތު ވަރަށް ދަށުގައި އޮތް ދަނޑިވަޅެއްގައި ރައީސް މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ސަބަބުން އިތުރަށް ރާއްޖެ އިގްތިސޯދީ ގޮތުން ބަނގުރޫޓުވާނެ ކަމަށް ބުނެ  އިދިކޮޅު ޕާޓީތަކުން ދަނީ ފާޑުކިޔަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް