ads
ލޯނު ނަގާނީ ރައްޔިތުން މުއްސަނދިވާ ގޮތަށް: ރައީސް
މި ސަރުކާރުން ލޯނުތައް ނަގާނީ ރައްޔިތުން މުއްސަނދިވާ ގޮތަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު އައްޑޫ ސިޓީއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މަރަދޫ އާއި މަރަދޫފޭދޫ ރައްޔިތުންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ، މި ސަރުކާރުން މަޝްރޫއުތަކަށް ލޯނު ނަގާނީ، އޭގެ ސަބަބުން ރައްޔިތުންގެ ޖީބަށް ފައިސާ ވަދެ ރައްޔިތުުން މުއަސަނދިކަން ލިބިގެންދާނެފަދަ ގޮތަކަށް ކަމަށެވެ. 

"ރައްޔިތުން މުއްސަނދިވާ ގޮތަށް، ރައްޔިތުންގެ ޖީބަށް އޭގެން ފައިސާ ލިބޭ ގޮތަށް، ކުދި ވިޔަފާރިތަކަށް، މެދުފަންތީގެ ވިޔަފާރިތަކަށް އާރޯކަން އަންނާނެ ގޮތަށް ލޯނުތައް ނަގާނީ" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ތަރައްގީގެ މަޝްރޫއުތަކަށް ލޯނުތައް ނަގާނީ ދިގު މުއްދަތަކަށް ބަހާލައިގެން، އިގްތިސޯދަށް ކަތާ މިންވަރު ބަލައިގެން ކަމަށެވެ.

އެގޮތުން ދާދި ފަހުން ޗައިނާއާއެކު ގާއިމްކުރެވުނު އެބަސްވުންތަކުގެ ދަށުން ވެސް، ރައްޔިތުންނަށް އޭގެ މަންފާ ނުލިބޭނެ ގޮތަކަށް އެއްވެސް ލޯނެއް ނުނަންގަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީީސް ވިދާޅުވީ މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ގައުމު އޮތީ 120 ބިލިއަން ރުފިޔާގެ އިގްތިސޯދީ އަނދަވަޅެއްގެ ތެރޭގައި ކަމަށެވެ. އަދި ފަހުގެ ތާރީހެއްގައި ރާއްޖޭގެ އިގްތިސޯދީ ހާލަތު ނުވެއްޓޭހާ ދަށް ހާލަތަކަށް ވައްޓާލައި، ކޮންމެ އަހަރަކު އެތައް ސަތޭކަ ބިލިއަން ރުފިޔާގެ ލޯނު ނަގަމުން ދިޔަ ކަމަށް ރައީީސް ވިދާޅުވި އެވެ.

ނަމަވެސް އެފަދަ ލޯނުތައް ނަގައިގެން ފެށި މަޝްރޫއުތަކުން ރާއްޖޭގެ އިގްތިސޯދަށް އޭގެ ފައިދާއެއް ލިބިފައި ނުވާކަމަށް ރައީީސް ފާހަގަކުރެއްވި އެވެ.

މީގެއިތުރުން ރައީީސް ވިދާޅުވީ އެމަނިކުފާނު ވެވަޑައިގެންނެވި އެންމެ އުނދަގޫ ވައުދުފުޅަކީ ފައިސާ ޗާޕުކުރުން ހުއްޓާލުން ކަމަށެވެ. ނަމަވެސް އެ ފިޔަވަޅާއެކު ބައިނަލްއަގްވާމީ ފަރާތްތަކުން ވެސް އެކަން ފާހަގަކޮށް ބަލައިގަނެފައިވާ ކަމަށް ރައީީސް ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް