ads
ބޭބެއަށް ވަޅިން ހަމަލާދިން އަންހެން މީހާ އަނެއްކާވެސް ހައްޔަރުކޮށްފި
މާލޭގައި 2022 ވަނަ އަހަރުގެ ފަހު ކޮޅު، ބޭބެ ގަޔަށް ވަޅި ޖެހި މައްސަލައިގައި ހައްޔަރު ކުރި އަންހެން މީހާ، މަސްތުވާތަކެތީގެ މައްސަލައެއްގައި އަނެއްކާވެސް ހައްޔަރުކޮށްފި އެވެ.

ބޭބެއަށް ވަޅިން ހަމަލާދީގެން 2022 ވަނަ އަހަރުގެ ފަހުކޮޅު ހައްޔަރު ކުރީ، ހ. އަލަވަލުގޭ ލަމްހާ ނަސީރުއެވެ. ލަމްހާގެ ބޭބެޔަށް ވަޅިން ހަމަލާދީގެން ހައްޔަރު ކުރިއިރު އޭނާ މަސްތުވާތަކެއްވަށް ޕޮޒިޓިވް އެވެ.

އެ މައްސަލައިގައި އޭރުވެސް އޭނާ ހައްޔަރުކޮށްފައިވާއިރު، މަސްތުވާތަކެތީގެ މައްސަލައެއްގައި އަނެއްކާވެސް ލަމްހާވަނީ ހައްޔަރުކޮށްފައެވެ. ލަމްހާވަނީ 30 ދުވަހަށް މިހާރު ބަންދުކޮށްފަ އެވެ.

ލަމްހާގެ މައްޗަށް މިހާރު ކުރެވޭ ތުހުމަތުތަކުގެ ތެރޭގައި ގަވައިދާ ހިލާފަށް ބަނގުރާ ގެންގުޅެ ބޭނުންކުރުމާއި މަސްތުވާތަކެތި ބޭނުންކޮށް އެ ތަކެތި ޓްރެފިކް ކުރުން ހިމެނެ އެވެ. 

ލަމްހާގެ ބަންދު އަމުރު ރިޕޯޓުން އެނގޭ ގޮތުގައި އޭނާ ދިރިއުޅޭ ކޮޓަރިން ގިނަ އަދަދެއްގެ މަސްތުވާ ތަކެއްޗާއި އެތަކެތި ބަންދުކޮށް ކިރުމަށް ބޭނުންކުރާ އާލާތާއި ބަނގުރާ ފެނިފައިވެއެވެ. އަދި އޭނާގެ ކުޑަކަމުދާތަކެތި މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް