ads
"އެމްޓީއޭ" އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ވިޔަފާރިވެރިންގެ އަޑުއުފުލަން "އެމްޓީއޭ" ގެ ޖަމްއިއްޔާއެއް
ވިޔަފާރިވެރިންގެ ވަކާލާތުކުރުމަށް "މޯލްޑިވްސް ޓްރޭޑް އެސޯސިއޭޝަން" (އެމްޓީއޭ) ގެ ނަމުގައި ޖަމްއިއްޔާއެއް އުފައްދައިފިއެވެ.

 އެމް.ޓީ.އޭއިން ބުނީ އެ ޖަމްއިއްޔާ އުފެއްދީ ދިވެހިރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅުކުރުމަށް ކުރެވޭ މަސައްކަތުގައި އެއްބާރުލުންދީ ކުދި ފަންތިއާއި މެދު ފަންތީގެ ވިޔަފާރިތަކަށް ކުރިމަތިވާ ގޮންޖެހުންތައް ހައްލުކޮށް އެހީތެރިކަން ފޯރުކޮށްދިނުމަށްކަމަށެވެ. 

ސަރުކާރާއި އަމިއްލަ ވިޔަފާރިތަކާއި ގުޅުވާދިނުމުމަށް މަސައްކަތް ކުރުމުގެ އިތުރުން ވިޔަފާރިވެރިންނަށް ކުރިމަތިވާ މައްސަލަތަކާއި ދިމާވާ ގޮންޖެހުންތައް ސަރުކާރުގެ ކަމާއި ގުޅޭ އިދާރާތަކާއި ހަމައަށް ގެންގޮސްދިނުމަކީވެސް  އެމް.ޓީ.އޭގެ މަގުސަދެއްކަމަށް އެ ޖަމްއިއްޔާއިން ބުނެއެވެ. 

އޭގެއިތުރުން ވިޔަފާރިއާއި އިގްތިސާދާ ގުޅުންހުރި ކަންކަމުގައި ސަރުކާރުގެ ސިޔާސަތުތަކަށް ބިނާކުރަނެވި ގޮތެއްގައި މިނިވަންކަމާއި އެކު ފާޑުކިޔުމާއި ސަރުކާރުތަކުން އެކުލަވާލާ އިގްތިސާދީ ސިޔާސަތުތަކަށް ފަންނީ ލަފާދިނުމާއި އެ ސިޔާސަތުތައް އެކުލެވިގެންދާއިރު ވިޔަފާރިވެރިންގެ މަސްލަހަތު ހިމާޔަތްކުރުމަށް މަސައްކަތް ކުރާނެކަމަށްވެސް  އެމް.ޓީ.އޭއިން ބުނެއެވެ. 

your imageއެމްޓީއޭގެ ވަގުތީ ރައީސް އަމީތު

މި ޖަމްއިއްޔާ އިފްތިތާހުކުރުމަށް ކޮށްދެއްވީ އެކަމަށް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމުއެވެ. އެމް.ޓީ.އޭގެ ވަގުތީ ރައީސްއަކީ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އަމީތުއެވެ. 




0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް