ads
އާން
އާން 50 މީޓަރު ގައުމީ ރެކޯޑްއާކޮށްފި
ލޯންގކޯސް 50 މީޓަރ ބެކްސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑް މުހައްމަދު އާން ހުސެއިން އާކޮށްފިއެވެ.

ލޯންގކޯސް 50 މީޓަރ ބެކްސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑް އާން އާކުރީ ފިލިޕީންސްގެ ނިއު ކްލާރކް ސިޓީގައި މިހާރު ކުރިއަށްދާ 11 ވަނަ އޭޝިއަން އޭޖް ގްރޫޕް އެކުއަޓިކްސް ޗެމްޕިއަންޝިޕް ގައެވެ. އާން މި ރެކޯޑް އާކޮށްފައިވަނީ 00.29.51 އިން ރޭސް ފުރިހަމަކޮށްގެންނެވެ.

އާން މި ރެކޯޑް އާކުރިއިރު، މި ރެކޯޑް މިހާރުވެސް އޮންނަނީ އާން އަތުގައެވެ. އެއީ 2022 ވަނަ އަހަރު ބޭއްވި 19 ވަނަ ފީނާ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްސްގައި 00.29.57 އިން ނިންމައިގެންނެވެ.

ފިލިޕީންސްގެ ނިއު ކްލާރކް ސިޓީގައި މިހާރު ކުރިއަށްދާ 11 ވަނަ އޭޝިއަން އޭޖް ގްރޫޕް އެކުއަޓިކްސް ޗެމްޕިއަންޝިޕް ޖުމްލަ 28 ދިވެހި ފެތުންތެރިން ވާދަކުރެއެވެ. މިއީ ދިވެހި ފެތުންތެރިން މި މުބާރާތުގައި އައުކުރި ފުރަތަމަ ގައުމީ ރެކޯޑެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް