ads
އެކުއަޓިކްސް ޗެމްޕިއަންޝިޕުގެ ތެރެއިން
އެކުއަޓިކްސް ޗެމްޕިއަންޝިޕުގައި އިތުރު ދެ ރިކޯޑެއް
މިހާރު ކުރިއަށްދާ 11 ވަނަ އޭޝިއަން އޭޖް ގްރޫޕް އެކުއަޓިކްސް ޗެމްޕިއަންޝިޕުގައި ދިވެހި ފެތުންތެރިން އިތުރު ދެ ރިކޯޑެއް ހަދައިފިއެވެ.

11 ވަނަ އޭޝިއަން އޭޖް ގްރޫޕް އެކުއަޓިކްސް ޗެމްޕިއަންޝިޕު އޮންނަނީ ފިލިޕީންސްގެ ނިއު ކްލަރކް ސިޓީގައެވެ. މި މުބާރާތުގައި ފިރިހެނުންގެ ލޯންގްކޯސް ހަތަރެއް ގުނަ 100 މީޓަރު ފްރީސްޓައިލް ރިލޭގެ ގައުމީ ރިކޯޑު ދިވެހި ފެތުންތެރިން ވަނީ އައުކޮށްފައެވެ.

މި ރިކޯޑު ދިވެހި ފެތުންތެރިން އައުކޮށްފައިވަނީ ތިން މިނެޓު 49.94 ސިކުންތުން ރޭސް ނިންމައިގެންނެވެ. ރިކޯޑު އައުކުރި ޓީމުގައި ހިމެނެނީ މުޙައްމަދު އާން ޙުސައިން އާއި، ޢަލީ އިމްޢާނާއި، މުބާލް ޢައްޒާމް އިބްރާހިމް އަދި މުޙައްމަދު ޔަމަން ޔާސީނެވެ.

ފިރިހެނުންގެ ލޯންގްކޯސް ހަތަރެއް ގުނަ 100 މީޓަރު ފްރީސްޓައިލް ރިލޭގައި ކުރިން އޮތް ރިކޯޑަކީ ތިން މިނެޓު 57.16 ސިކުންތެވެ. އެ ފަހަރު ރޭސް ފުރިހަމަކޮށްގެން މިދިޔަ އަހަރު ބޭއްވި 19 ވަނަ އޭޝިއަން ގޭމްސްގައެވެ. އެ ފަހަރު ރިކޯޑު ހެދި ޓީމުގައި ހިމެނުނީ އިމްޢާން އާއި، މުބާލުގެ އިތުރުން މުޙައްމަދު ރިޙާން ޝިހާމް އަދި އަޙްމަދު ނީޤް ނިޔާޒެވެ.

ނަށް ދިވެހި ފެތުންތެރިން ވަނީ ތިން ރިކޯޑެއް ހަދާފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް