ads
ލޫތުގެ ރެކޯޑް އިފްޒާލް މުގުރާލައިފި
ލޯންގކޯސް 200 މީޓަރ ބްރެސްޓްސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑް އިފްޒާލް އިބްރާހީމް މަހްފޫތު އާކޮށްފިއެވެ.

އިފްޒާލް، ލޯންގކޯސް 200 މީޓަރ ބްރެސްޓްސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑް އާކުރީ، ފިލިޕީންސްގެ ނިއު ކްލާރކް ސިޓީގައި މިހާރު ކުރިއަށްދާ 11 ވަނަ އޭޝިއަން އޭޖް ގްރޫޕް އެކުއަޓިކްސް ޗެމްޕިއަންޝިޕްގައެވެ. އިފްޒާލް މި ރެކޯޑް އާކުރީ، 02:45.81 އިން ރޭސް ނިންމައިގެންނެވެ.

ލޯންގކޯސް 200 މީޓަރ ބްރެސްޓްސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑް އެންމެ ފަހުން އާކޮށްފައިވަނީ ހަމަ މި މުބާރާތުގައި އިއްޔެ ލޫތު މުހައްމަދު ހުސައިންއެވެ. އެއީ 02:49.19 އިން ރޭސް ނިންމައިގެންނެވެ.

މިއީ މިމުބާރާތުގައި ދިވެހި ފެތުންތެރިން އާކުރި 9 ވަނަ ޤައުމީ ރެކޯރޑެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް