ads
މި ސަރުކާރުގެ ހައުސިން މަޝްރޫއުތައް ޖުލައި ފަހުން ފެށޭނެ: ރައީސް
މި ސަރުކާރުގެ ހައުސިން މަޝްރޫއުތައް ޖުލައި މަހުގެ ފަހުން ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ނ. ކެނދިކުޅޫގައި މިއަދު ބޭއްވި ޖަލްސާގައި ވިދާޅުވީ މުޅި ރާއްޖޭގެ ތަރައްގީ އަށް އެންމެ މުހިންމު އެ ކަމަކީ ގެދޮރުވެރިކަން ކަމަށެވެ.

ރާއްޖޭގެ އިޖުތިމާއީ ގިނަ މައްސަލަތައް ވެސް މޫލައި ގުޅިފައި ވަނީ ގެދޮރުގެ ދަތިކަމާ ކަމަށް ރޭ ނ. މަނަދޫގައި ބޭއްވި ޖަލްސާގައި ވެސް ރައީސް ވިދާޅުވެފައިވެ އެވެ. އެކަމަށް އެންމެ ބޮޑު އިސްކަމެއް ދެއްވަން އެ މަނިކުފާނު ނިންމެވީ ވެސް އެ ސަބަބަށްޓަކާ ކަމަށް ވިދާޅުވި އެވެ.

ބޯހިޔާވަހިކަމުގެ މައްސަލަ އޮތް ހުރިހާ ސަރަހައްދަކަށްވެސް އަމާޒުކޮށްގެން އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފައްޓަވާނެ ކަމަށް ރައިސް މުއިއްޒު ވިދާޅުވި އެވެ. މި އަހަރު ޖުލައި އޮގަސްޓްގެ ހިސާބުން ފެށިގެން މުޅި ރާއްޖެއަށް މިފުރުސަތު ހުޅުވާލެވޭ ހިސާބަށް ގެންދެވޭނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ. 

އަދި މިމަސައްކަތުގެ ތެރެއިން އިމާރާތެއް އެޅުމަށް ބޭނުންވާ މީހުންނަށް ފަސޭހައިން ލޯނު ލިބޭނެ ގޮތްތައް ހަމަޖައްސަވާނެ ކަމަށް ވިދާޅުވި އެވެ.

ރައީސް މިއަދު ވިދާޅުވި ގޮތުގައި، ގެދޮރުވެރިކަމާ ގުޅޭ އެކި ފަހި ފުރުސަތުތައް ހުޅުވާލުމަށްޓަކާ ކުރަންޖެހޭ ބައިވަރު އިގުތިސާދީ މަސައްކަތްތައް މިހާރު އަންނަނީ ކުރަމުންނެވެ.

"އެ ކަންކަމުގެ ނަތީޖާއަކަށް އިރާދަކުރެއްވިއްޔާ މި އަހަރު ތެރޭގައި ހަމަ ފެންނަމުން ދާނެ، ފުރުސަތުތައް ފަހިކުރާނަން، މި ރަށަށް ވެސް ހައުސިން ޔުނިޓް ފުރުސަތުތަކާއި އެކި ކަހަލަ ލުއި ލޯނުތައް ލިބޭނެ ފުރުސަތުތައް ވެސް،" ރައީސް ވިދާޅުވި އެވެ.

ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ރާއްޖޭގައި 70،000 ހައުސިން ޔުނިޓް އިމާރާތް ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް