ads
ރައީސް ނަޝީދު
ރާއްޖެއާ ގުޅުން ހީނަރުވެފައިވަނިކޮށް ނަޝީދު އިންޑިޔާއަށް
ސިޔާސީ ކަންކަމުން މިހާރު ދުރުގައި ހުންނެވި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިންޑިޔާއަށް ވަޑައިގެންފި އެވެ.

ރާއްޖޭގެ ސިޔާސީ މައިދާނުގައި އެންމެ މަގުބޫލު އެއް ޝަހުސިއްޔަތު ކަމަށްވާ ނަޝީދު އިންޑިޔާއަށް ވަޑައިގެންނެވީ، ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް) ގެ ސެކްރެޓަރީ ޖެނެރަލްގެ ހައިސިއްޔަތުން އިންޑިޔާގައި އޮންނަ ބައެއް ބައްދަލުވުންތަކަށެވެ. އެމަނިކުފާނު އިންޑިޔާއަށް ވަޑައިގެންނެވުމުގެ ކުރިން ޑުބާއީގައިވެސް ބައެއް ބައްދަލުވުންތައް ބޭއްވެވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި މެދު ދައިރާގެ މެންބަރުގެ ގޮތުގައި ވެސް ހުންނެވި ނަޝީދު މިހާރު ދިރިއުޅުއްވަނީ ގާނާގެ ސިޓީއެއް ކަމަށްވާ އަކްރާގައެވެ. އަކްރާގައި އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަކީ، ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް) ގެ ސެކްރެޓަރީ ޖެނެރަލް މަސައްކަތްޕުޅުތަކެވެ.

ރައީސް ނަޝީދު އެންމެ ފަހުން ރާއްޖެ ވަޑައިގަތީ މާލޭގެ މޭޔަރު އިންތިހާބާ ދިމާކޮށް ޑިމޮކްރެޓްސްގެ ކެންޑިޑޭޓް ސައިފް ފާތިހަށް ތާއިދު ހޯއްދެވުމަށެވެ. އޭގެ ފަހުން އެ މަނިކުފާނު މާލެ ވަޑައިގެންކަމެއް އެނގިފައެއް ނުވެއެވެ.

ރައީސް ޑރ. މުއިއްޒު ވެރިކަމާއި ހަވާލުވުމަށްފަހު ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިން ފޮނުވާލުމުގެ އަމަލީ މަސައްކަތް ފެށުމާއި އެކު ރާއްޖެ އިންޑިއާގެ ގުޅުން ވަނީ ހީނަރުވެފަ އެވެ. ރައީސް ނަޝީދަކީ އިންޑިއާގެ މިހާރުގެ ސަރުކާރު ދިފާއުކުރެއްވުމާއިއެކު އިންޑިއާ ރާއްޖެ ގުޅުމަށް އަބަދުވެސް ވަކާލާތުކުރައްވާ ބޭފުޅެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް