ads
ކާޑު އޮނޑިއަކަށް ބަރުކުރަނީ
ގޭބިސީތަކަށް ކާޑުގެ ބާވަތްތައް ބަހަން އަންނަ ހޮނިހިރު ދުވަހު ފަށަނީ
ސަރުކާރުން މި ރޯދަމަހު ހިލޭ ބަހަން ނިންމަވާފައިވާ ފުށާއި ހަނޑޫ އަންނަ ހޮނިހިރު ދުވަހު ބަހަން ނިންމައިފި އެވެ.

މީހުން ދިރިއުޅޭ ކޮންމެ ގޭބިސީއަކަށް ފުށް ބަސްތާއަކާއި ހަނޑޫ ބަސްތާއެއް ރޯދަމަހު ދިނުމަށް ސަރުކާރުން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެމަނިކުފާނު، ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ފަހު އިއުލާންކުރައްވާފަ އެވެ.

މީހުން ދިރިއުޅޭ ކޮންމެ ގޭބިސީއަކަށް 10 ކިލޯ ހަނޑުލާއި 10 ކިލޯ ފުށް ދިނުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.

ލޯކަލް ގަވަމެންޓް މިނިސްޓަރު، އާދަމް ޝަރީފް މިއަދު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެސްޓީއޯ މެދުވެރިކޮށް ދޫކުރާ ކާޑުގެ ބާވަތްތައް ކޮންމެ ރަށެއްގެ ވެސް ކައުންސިލުތަކުން އަންނަ ހޮނިހިރު ދުބަހު ބަހަން ފަށާނެ ކަމަށެވެ. އަދި ވިދާޅުވީ އެ ތަކެއްޗާ ހަވާލުވުމަށް ރަޖިސްޓްރީވާން ނުޖެހޭނެކަމަށެވެ. 

"ބޭނުންވާ ބޭފަޅަކު ކައުންސިލަށް ދިޔުމުން ކޮންމެ ގޭބިސީއަކަށް 10 ކިލޯ ހަނޑުލާއި 10 ކިލޯ ފުށް ލިބޭނެ" އާދަމް ޝަރީފް ވިދާޅުވި އެވެ.

ހަނޑުލާއި ފުއް ފަދަ ޒަަރޫރީ ކާބޯތަކެއްޗަށް އެއް ގައުމަކަށް ބަރޯސާވުން ނިމުމަކަށް ގެންނާނެ ކަމަށް ވެސް ސަރުކާރުން މީގެ ކުރިން ވަނީ ބުނެފައެވެ. އެގޮތުން، އެއް އަހަރަށް ވުރެ އިތުރަށް ބޭނުންވާ ވަރަށް އެސްޓީއޯއަށް ހަނޑޫ ހަކުރު ފުއް ތުރުކީވިލާތުން ގެނައުމަށް އެ ގައުމާއެކު ވަނީ އެއްބަސްވެފަ އެވެ.

ދިވެހިރާއްޖެއަށް ތުރުކީން ކާޑުގެ ޝިޕްމަންޓް ގެންނަ ބޯޓު މިހާރު އެ ގައުމުން ފުރާފައިވާ ކަމަށް އެސްޓީއޯއިން މިފަހުން ވަނީ ބުނެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް