ads
ފަތުރުވެރިންތަކެއް ވީއައިއޭގައި - ފޮޓޯ: އެޓޯލް ޓައިމްސް
މި އަހަރުގެ މިހާތަނަށް 466،000 އަށްވުރެ ގިނަ ފަތުރުވެރިން
ރާއްޖެއަށް މި އަހަރުގެ މިހާތަނަށް 466،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މި މާޗް މަހުގެ ނުވަ ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 466،273 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފަ އެވެ.

މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ ޒިޔާރަތްކޮށްފައި ވަނީ 404،898 ފަތުރުވެރިންނެވެ. އެހެންކަމުން މި އަހަރުގެ މި މުއްދަތުގައި އިތުރަށް ޒިޔާރަތްކުރި 61،375 ފަތުރުވެރިންނާއެކު އެ އަދަދު ވަނީ 15.2 އިންސައްތަ އިތުރުވެފަ އެވެ.

މި އަހަރުގެ މިހާތަނަށް ފަތުރުވެރިކަމުގެ އެއްވަނަ މާކެޓްގެ ގޮތުގައި އޮތީ ޗައިނާ އެވެ. ޗައިނާ ފަތުރުވެރިންގެ އަދަދު 56،181 އަށް އަރާއިރު، މިއީ ރާއްޖެ ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ 12 އިންސައްތަކަން ފާހަގަކޮށްލެވެ އެވެ.

ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ރަޝިއާއިންނެވެ. އެ ގައުމުން މި އަހަރުގެ މިހާތަނަށް 44،222 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ. އަދި އިޓަލީވިލާތުން 42،770 ފަތުރުވެރިން ޒިޔާރަތްކޮށްފައި ވާއިރު، އިނގިރޭސިވިލާތުން 40،448 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފަ އެވެ.

ސަރުކާރުން މިއަހަރަށް އަމާޒު ހިފާފައިވަނީ ދެ މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނެސް ފަތުރުވެރިކަމުގެ އާ ރެކޯޑެއް ގާއިމްކުރުމަށެވެ.

އަދި މި އަމާޒު ހާސިލްކުރުމަށްޓަކައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކޮށް ޕްރޮމޯޓް ކުރުމަށްޓަކައި މިއަހަރުތެރޭ ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިޔުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް