ads
އެމްއެމްޕީއަރުސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
އިންޑިއާގެ ފަތުރުވެރިން އިތުރުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުން: އެމްއެމްޕީއާރުސީ
އިންޑިއާއިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ މެނޭޖިން ޑިރެކްޓަރު ފާތިމަތު ތައުފީގު ވިދާޅުވެއްޖެ އެވެ

މި މަހުގެ ފަހަކުން ހަތަކަށް އޮތް އައިޓީބީ ބާލިން ފެއާއާ ގުޅޭ މައުލޫމާތު ދިނުމަށް ޓޫރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރްސީ ގުޅިގެން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފާތިމަތު ތައުފީގު ވިދާޅުވީ އިންޑިއާއިން ރާއްޖެ އަންނަ ފަތުރުވެރިންގެ ނިސްބަތް އިތުރުކުރުމަށް އައިޓީބީގައި ވެސް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.

އެގޮތުން އޮފް ސީޒަންގައި ރާއްޖެ އަންނަ ފަތުރުވެރިންގެ ނިސްބަތް އިތުރު ކުރުމަށް މަސައްކަތްތަކެއް ކުރަމުންދާކަމަށާއި ކުރިޔަށް އޮތް ދެތިން މަހެއްގެ ތެރޭގައި އިންޑިއާ މާކެޓް ރަނގަޅުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މާޗް މަހުގެ ދެ ވަނަ ދުވަހާ ހަމައަށް، މިދިޔަ އަހަރުގެ އެ މުއްދަތަށް ވުރެން އިންޑިއާއިން ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ވަނީ 33 ޕަސެންޓް ދަށްވެފަ އެވެ. އެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ އެ މުއްދަތުގައި އިންޑިއާއިން ރާއްޖެއަށް 41،054 ފަތުރުވެރިން ޒިޔާރަތް ކުރިއިރު މިއަހަރު އެހާތަނަށް އެ ގައުމުން ރާއްޖެއަށް ޒިޔާރަތް ކުރީ 27،224 ފަތުރުވެރިންނެވެ. ފަތުއަޑު ކިޔާފައި އިންޑިއާގެ ޓޫރިސްޓުންގެ އަދަދު ދަށަށް ދަނީއެވެ.

މި މައްސަލަ އުފެދިގެން އައީ ޔޫތު މިނިސްޓްރީގެ ތިން ޑެޕިއުޓީ މިނިސްޓަރުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް މަލާމާތްކޮށް، އެ ގައުމަށް ތަކުރާރުކޮށް ފާޑުކިޔަމުން ދިއުމާ ގުޅިގެން އިންޑިއާގެ ފަންނާނުން ރާއްޖެ ބޮއިކޮޓް ކުރުމަށް ގޮވާލައި، ސޯޝަލް މީޑިއާގައި ފެށި ކެމްޕޭނުގެ ސަބަބުންނެވެ.

އެއާއެކު އިންޑިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ނިސްބަތް ވެސް ވަނީ ދަށްވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް