ads
ފަތުރުވެރިންތަކެއް ވީއައިއޭގައި - ފޮޓޯ: އެޓޯލް ޓައިމްސް
މި އަހަރުގެ މިހާތަނަށް 500،000 އަށްވުރެ ގިނަ ފަތުރުވެރިން
ރާއްޖެއަށް މި އަހަރުގެ މިހާތަނަށް 500،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މި މާޗް މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 506،015 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފަ އެވެ.

މިދިިޔަ އަހަރު މި މުއްދަތުގައި ރާއްޖެ ޒިޔާރަތްކޮށްފައި ވަނީ 445،625 ފަތުރުވެރިންނެވެ. އެހެންކަމުން މިއީ މިދިޔަ އަހަރުހެ މި މުއްދަތާ އަޅާބަލާއިރު 13.6 އިންސައްތަ އިތުރު އަދަދެކެވެ.

މި އަހަރުގެ މިހާތަނަށް ފަތުރުވެރިކަމުގެ އެއްވަނަ މާކެޓްގެ ގޮތުގައި އޮތީ ޗައިނާ އެވެ. ޗައިނާ ފަތުރުވެރިންގެ އަދަދު 60،243 އަށް އަރާއިރު، ލިސްޓުގެ ދެވަނައިގައި އޮތް ރަޝިޔާއިން ރާއްޖެއަށް އައިސްފައި ވަނީ 53،376 ފަތުރުވެރިންނެވެ. އަދި ތިންވަނައިގައި އޮތް އިޓަލީން ވަނީ 48،435 ފަތުރުވެރިން އައިސްފަ އެވެ.

މި އަހަރު މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ ތިން ވަނަ ދުވަހު އެވެ. އެ ދުވަހު ރާއްޖެއަށް 8،900 ފަތުރުވެރިން އައިސްފައިވާކަން ފާހަގަކޮށްލެވެ އެވެ.

ސަރުކާރުން މިއަހަރަށް އަމާޒު ހިފާފައިވަނީ ދެ މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނެސް ފަތުރުވެރިކަމުގެ އާ ރެކޯޑެއް ގާއިމްކުރުމަށެވެ.

އަދި މި އަމާޒު ހާސިލްކުރުމަށްޓަކައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކޮށް ޕްރޮމޯޓް ކުރުމަށްޓަކައި މިއަހަރުތެރޭ ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިޔުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް