ads
އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް - ފޮޓޯ: އެމްއެމްއޭ
ފައިސާ ޗާޕުކުރުން ހުއްޓާލުމުގެ ހެޔޮ އަސަރު ދަނީ ކުރަމުން: އެމްއެމްއޭ
މި ސަރުކާރުން ފައިސާ ޗާޕުކުރުން ހުއްޓާލުމުގެ ހެޔޮ އަސަރު ދައުލަތުގެ މާލިއްޔަތާއި އިގުތިސާދުން ފެންނަމުން އަންނަ ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ބުނެފި އެވެ

ދައުލަތުގެ ކޭޝްފްލޯއާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް އިއްޔެ މައުލޫމާތު ދެއްވަމުން ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދު ވިދާޅުވީ ސަރުކާރުން ފައިސާ ޗާޕު ކުރުން ހުއްޓާލުމަށްފަހު ފާހަގަ ކުރެވެނީ ޕަބްލިކް ބޭންކް އޯވަ ޑްރާފްޓް - އާއްމު ބަހުރުވައިންނަމަ ފައިސާ ޗާޕުނުކޮށް ކުރިއަށް ގެންދާތަން ކަމަށެވެ. 

"ހިސާބު ތަކުން ފެނޭ ރިކަރަންޓް އެކްސްޕެންޑިޗާ އާއި ކެޕިޓަލް ހަރަދުތައް މާރިޗުގެ މިހާތަނަށް ކުޑަކަން. ކެޕިޓަލް އެކްޕެންޑިޗާ އެބަހުރި 2023 ގައި 3.2 ބިލިއަންގައި. އެކަމަކު މިހާރު އުޅޭކަމަށް މި ފެންނަނީ 1.5 ބިލިއަން ރުފިޔާގަ. ޖުމްލަ ހަރަދުތަކަށް ބަލާއިރު އެކި ދިމަދިމާލުން ކޮންޓްރެކްޓް ކުރެވިފަ. ހާއްސަކޮށް ޑޮމެސްޓިކް މާކެޓުން ފައިސާ ނަގައިގެން ކޭޝް ފްލޯ މެނޭޖު ކުރަމުން މި ގެންދަނީ،" އިމާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ދައުލަތުގެ ރިކަރަންޓް ހަރަދުތައް ވަރަށް ބޮޑަށް ކުޑަކުރެވިފައިވާ ކަން ފާހަގަކުރެވެ އެވެ.

"ހިސާބު ތަކުން ފެނޭ ރިކަރަންޓް އެކްސްޕެންޑިޗާ އާއި ކެޕިޓަލް ހަރަދުތައް މާޗުގެ މިހާތަނަށް ކުޑަކަން. ކެޕިޓަލް އެކްޕެންޑިޗާ އެބަހުރި 2023 ގައި 3.2 ބިލިއަންގައި. އެކަމަކު މިހާރު އުޅޭކަމަށް މި ފެންނަނީ 1.5 ބިލިއަން ރުފިޔާގައި،" އިމާދު ވިދާޅުވި އެވެ.

ރިކަރަންޓާއި ކެޕިޓަލް ހަރަދުތަކުން މިދިޔަ އަހަރާ އެކަނި އަޅާ ބެލިޔަސް، އޭނާ ވިދާޅުވީ ދެ ބިލިއަން ރުފިޔާގެ ކޮންޓްރެކްޝަނެއް ފެންނަ ކަމަށެވެ.

ކޭޝްފްލޯ މެނޭޖު ކުރުމަށްޓަކައި، ޑޮމެސްޓިކް މާކެޓުން ދަރަނި ނަގާ ނިސްބަތް ވެސް ވަރަށް ބޮޑަށް ދަށްވެފައިވާ ކަން އިމާދު ފާހަގަކުރެއްވި އެވެ. ފާއިތުވި ތިން މަހެއްހާ ދުވަހު ތެރޭގައި، ރާއްޖޭގެ އެތެރޭގައި ވިއްކި ބޮންޑާއި ޓީބިލްގެ އަދަދު އުޅެނީ 175 މިލިއަނެއްހާ ރުފިޔާގައި ކަމަށް އޭނާ ވިދާޅުވި އެވެ.

މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އިމާދު ވިދާޅުވި ގޮތުގައި ފާއިތުވި ތިން މަހު ގްރޮސް ރިޒާވްގައި އެމްއެމްއޭގެ މިންގަނޑާ އެއްގޮތަށް ގާތްގަނޑަކަށް 580 މިލިއަން ޑޮލަރު އެބަހުއްޓެވެ.

އަހަރު ނިމޭ އިރު، ގާތްގަނޑަކަށް 600 މިލިއަން ޑޮލަރުގައި އެ އަދަދު ހިފެހެއްޓޭނެ ކަމަށް ގަބޫލުކުރެއްވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މި އަހަރަށް ފާސް ކުރި ބަޖެޓުގެ ޖުމްލަ ހަރަދަކީ 49.8 ބިލިއަން ރުފިޔާ އެވެ. ޖުމްލަ ހިލޭ އެހީ އާއި އާމްދަނީއަކީ 33.5 ބިލިއަން ރުފިޔާ އެވެ. އަދި ބަޖެޓް ޑެފިސިޓް ހުންނާނެ ކަމަށް އަންދާޒާކޮށްފައިވަނީ 13.8 ބިލިއަން ރުފިޔާގަ އެވެ. ދަރަންޏަށް ނަގަން ޖެހޭނެ ކަމަށް އަންދާޒާ ކޮށްފައިވަނީ 17.2 ބިލިއަން ރުފިޔާ އެވެ. ބޭރުގެ ފަރާތްތަކުން ބަޖެޓް ސަޕޯޓަށް ހޯދަން ޖެހޭނެ މިންވަރަކީ 6.9 ބިލިއަން ރުފިޔާ އެވެ. މި އަހަރު ގްރީން ނުވަތަ ބްލޫ ބޮންޑެއް ބޭރަށް ވިއްކައިގެން 771 މިލިއަން ރުފިޔާ ހޯދަން ބަޖެޓު ކުރި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް