ads
އެމްޓީސީސީ ޓަވަރ
އާންމު ހިއްސާދާރުންގެ ފަރާތުންއެމްޓީސީސީގެ ބޯޑު މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ގެ ޑިރެކްޓަރުންގެ ބޯޑުގައި އާންމު ހިއްސާދާރުންގެ ފަރާތުން އިންތިހާބުކުރާ ޑިރެކްޓަރުންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީން ބުނީ އެ މަގާމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން 23 އޭޕްރީލްވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން އީމެއިލް ކުރަންޖެހޭނެކަމަށެވެ. 

އަދި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ފޯމު ހުށަހަޅުއްވާ ފަރާތްތައް، އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ނޮމިނޭޓިންގ އެންޑް ރެމިއުނެރޭޝަން ކޮމެޓީއިން އިވެލުއޭޓް ކުރާނެކަމަށްވެސް އެ ކުންފުނިން ބުނެ އެވެ.

މި މަގާމަށް ޑިރެކްޓަރުން އިންތިހާބުކުރާނީ މިއަހަރު ބާއްވާ 2023 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައެވެ.

މިމަޤާމަށް ހޮވުމުގައި ކޯޕަރޭޓް ގަވަނަންސް، ބިޒްނަސް ޑިވެލޮޕްމަންޓް، ޤާނޫނީ، ފައިނޭންސް އަދި ކުންފުނީގެ ވިޔަފާރިއާއި ގުޅޭ ދާއިރާއަކުން މަތީ ތަޢުލީމާއި ތަޖުރިބާ ހާސިލްކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ ކަމުގައި ދަންނަވަމެވެ. އަދި ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ކޯޕަރޭޓް ގަވަރނަންސް ކޯޑުގައި ބާރުއަޅާފަދައިން، ކުންފުނީގެ ބޯޑު ޑިރެކްޓަރުންގެ މަޤާމަށް، ވީހާވެސް ގިނަ އަންހެނުން ކުރިމަތިލައްވާ އިންތިހާބުގައި ވާދަކުރެއްވުމަކީ އެ ކުންފުނިން ނުހަނު ބާރުއަޅާކަމެއް ކަމަށް އެމްޓީސީސީން ބުންޏެވެ. 

އާންމު ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރުކަމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި:
* ކުންފުނީގެ ހިއްސާދާރެއްކަމުގައިވުން.
* އުމުރުން 30 އަހަރު ފުރިފައިވުން.
* ކުންފުނީގެ ވިޔަފާރިއާއި، ވިޔަފާރީގެ ދާއިރާތަކަށް އަހުލުވެރި ފަރާތަކަށްވުން.
* ކުންފުނީގެ ކަންކަމަށް އެކަށީގެންވާ ވަގުތު ދެވޭނެ ފަރާތެއްކަމުގައިވުން.
* ސާބިތު ދަރަންޏެއް އޮތް ފަރާތެއް ކަމުގައި ނުވުން.
* ސީއެމްޑީއޭގެ"ފިޓް އެންޑް ޕްރޮޕަރ މިންގަނޑުތަކުގެ ގައިޑްލައިން" އަށް ފެތޭ ފަރާތެއްކަމުގައިވުން.
* ވިޔަފާރިއާއި ގުޅުންހުރި ދާއިރާއަކުން ބައިނަލްއަގްވާމީ ޔުނިވަރސިޓީއަކުން ދަށްވެގެން ފުރަތަމަ ޑިގްރީ ފެންވަރުގެ ސަނަދަކާއެކު 05 އަހަރުގެ އަމަލީ ތަޖުރިބާ ލިބިފައިވުން ނުވަތަ ޑިޕްލޮމާ ފެންވަރުގެ ސަނަދަކާއެކު މަދުވެގެން 10 އަހަރުގެ އަމަލީ ތަޖުރިބާ ލިބިފައިވުން.

އެމްޓީސީސީގެ ބޯޑުގައި 7 ޑިރެކްޓަރުން ތިއްބަވައެވެ. އެއީ ސަރުކާރުގެ ފަރާތުން 5 ޑިރެކްޓަރުންނާއި އާންމު ހިއްސާދާރުން އިންތިހާބުކުރާ 2 ޑިރެކްޓަރުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް