ads
ފުލުހުން އާއްމުކޮށްފައިވާ މަސްތުވާތަކެތީގެ ފޮޓޯއެއް
ނައިޖީރިއާ މީހާގެ ބަންދު މުއްދަތު އިތުރުކޮށްފި
ދިރުވާލައިގެން ރާއްޖެއަށް މަސްތުވާތަކެރި އެތެރެކުރި ނައިޖީރިއާ މީހާގެ ބަންދު މުއްދަތު އިތުރުކޮށްފިއެވެ.

ދިރުވާލައިގެން ރާއްޖެއަށް މަސްތުވާތަކެރި އެތެރެކުރި ނައިޖީރިއާ މީހަކީ، އުމުރުން 34 އަހަރުގެ ފިރިހެނެކެވެ. މި މީހާ މިދިޔަ ރޯދަ މަސް ތެރޭގައި 15 ދުވަސް ބަންދު ކުރުމަށް ފަހު، އެ މުއްދަތު ހަމަ ވެގެން މިއަދު އަނެއްކާވެސް 15 ދުވަހަށް ބަންދު މުއްދަތުވަނީ އިތުރުކޮށްފައެވެ. މި މީހާގެ ބަންދު ކުރިން ޖެހިއިރު، އޭނާ އޮތީ ދޫނިދޫގައި ހުންނަ ކަސްޓޯޑިއަލް ކްލިނިކްގައި އެޑްމިޓް ކޮށްފައެވެ.

މި މައްސަލައިގައި އިތުރު ބަޔަކު ހިމެނޭ ކަމަށްވެސްވަނީ މައުލޫމާތު ލިބިފައެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ކަމަށް ތުހުމަތު ކުރެވި ނައިޖީރިއާ މީހަކު ހައްޔަރުކޮށްފައިވާއިރު، ރާއްޖެއަށް ހަތް ކިލޯގެ މަސްތުވާތަކެތި އެތެރެކުރި ކަމަށް ބެލެވޭ ޔޫރަޕު މީހަކުވެސް މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ހައްޔަރުކޮށްފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް