ads
ރީހާން
ރީހާންގެ އިތުރު ރެކޯޑްތަކެއް
ތައިލެންޑް އޭޖް ގްރޫޕް ސްވިމިން ޗެމްޕިއަންޝިޕްސް 2024 ގައި ވާދަކޮށް މުހައްމަދު ރިހާން ޝިހާމް ގައުމީ އިތުރު ދެ ރިކޯޑެއް އާކޮށްފިއެވެ.

ރީހާން، ފިރިހެނުންގެ ލޯންގްކޯސް 200 މީޓަރު ފްރީސްޓައިލް އިވެންޓުގެ ގައުމީ ރިކޯޑު އާކުރީ ދެ މިނެޓު 4.75 ސިކުންތުން ރޭސް ފުރިހަމަކޮށްގެންނެވެ. 

މި ރިކޯޑު މީގެ ކުރިންވެސް އޮތީ ރިހާންގެ އަތުގައެވެ. އެއީ އޭޝިއަން އޭޖް ގްރޫޕް އެކުއަޓިކްސް ޗެމްޕިއަންޝިޕްސްގައި ވާދަކޮށް ދެ މިނެޓު 5.91 ސިކުންތުން ރޭސް ނިންމައިގެންނެވެ.

ރިހާން ވަނީ ފިރިހެނުންގެ ލޯންގްކޯސް 800 މީޓަރު ފްރީސްޓައިލް އިވެންޓުގެ ގައުމީ ރިކޯޑު މުގުރާލާފައެވެ. މި ރިކޯޑު ރިހާން ހަދާފައިވަނީ ނުވަ މިނެޓު 26.67 ސިކުންތުން ރޭސް ފުރިހަމަކޮށްގެންނެވެ.

800 މީޓަރު ފްރީސްޓައިލް އިވެންޓުގެ ގައުމީ ރިކޯޑު މީގެ ކުރިން ހަދާފައިވަނީ 2018 ވަނަ އަހަރު ބޭއްވި 18 ވަނަ އޭޝިއަން ގޭމްސްގައި މުބާލް އައްޒާމް އިބްރާހީމެވެ. އެ ފަހަރު މުބާލް ރޭސް ނިންމީ 10 މިނެޓު 12.07 ސިކުންތުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް