ads
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވީޗެޓް ޕޭ ގެ ރީޖަނަލް ޑިރެކްޓަރާ ބައްދަލުކުރެއްވުން - ފޮޓޯ: މިނިސްޓަރު ސައީދު
ރާއްޖޭގައި ވީޗެޓް ޕޭ ފެށުމަށް މަޝްވަރާކޮށްފި
އީ-ވޮލެޓްތައް ރާއްޖެއަށް ގެނައުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ރާއްޖޭގައި ވީޗެޓް ޕޭގެ ހިދުމަތް ފެށުމާ ގުޅޭގޮތުން މަޝްވަރާކޮށްފި އެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވީޗެޓް ޕޭ ގެ ރީޖަނަލް ޑިރެކްޓަރާއި ބައްދަލުކުރައްވައި، ރާއްޖޭގައި ވީޗެޓް ފެށުމަށް މަޝްވަރާކޮށްފައިވާ ކަމަށެވެ.

ދުނިޔޭގެ މަޝްހޫރު އީ-ވޮލެޓްތައް ރާއްޖޭއަށް ގެނައުމަށް ކުރައްވަމުން ގެންދަވާ މަސައްކަތުގެ ތެރެއިން، ކޮރެއާ، ޖަޕާން، ޗައިނާ، ޔޫއެސްއ،ޭ ސިންގަޕ،ޯ މެލޭޝިޔާ، އިންޑިއ،ާ އަދި ޔޫއޭއީގެ ވަރުގަދަ އީ ވޮލެޓެއްތައް ރާއްޖެ ގެންނަން މަސައްކަތް ކުރައްވާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

ބޭރުގެ މަނީ ޓްރާންސްފާ ޕްލެޓްފޯމްތަކުން ދިވެހީންނަށް ރާއްޖެއިން ބޭރަށް މުއާމަލާތް ކުރެވޭ ގޮތް ހަމަޖެއްސުމުގެ ގޮތުން ބީއެމްއެލްއިން ވަނީ ދާދި ފަހުން މަނީ ޓްރާންސްފާ ޕްލެޓްފޯމްތަކާއި ޑިޖިޓަލް ވޮލެޓް ހިމެނޭހެން އެ ބޭންކުން ކުރިން ބްލޮކްކޮށްފައިވާ ބޭރުގެ މާޗަންޓުން އަންބްލޮކްކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް