ads
ތިލަފުށީގައި ހުރި ގުދަނެއްގައި ރޯވި އަލިފާން ނިއްވަން ސިފައިން ހަރަކާތްތެރި ވަނީ
އިތުރު ރޯވުމެއް، މިފަހަރު ތިލަފުށީގައި ހުރި ގުދަނެއްގައި
ސިލްސިލާ ރޯވުންތަކުގެ ތެރެއިން ކ.ތިލަފުށީ ގައި ހުރި "ރާއްޖެ ލޮޖިސްޓިކްސް" ގުދަނުގައި އަލިފާން ރޯވެ ގެއްލުން ވެއްޖެ އެވެ.

އެމްއެންޑީއެފް އިން ބުނީ، މި ހާދިސާގެ ރިޕޯޓް މިއަދު 14:35 ހާއިރު ލިބުމާއެކު، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ތިލަފުށި ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން އެ ސަރަހަށްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ.

މި ގުދަނުގައި ރޯވި އަލިފާން، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ތިލަފުށި ފަޔާ ސްޓޭޝަނުގެ ފަޔާމަނުން ހަރަކާތްތެރިވެ ވަނީ ނިއްވާލައިފަ އެވެ.

މި ހާދިސާގައި ގުދަނުގައި ހުރި ހާޑްވެއާ ސާމާނު ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި ވާއިރު، އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ވެސް އެމްއެންޑީއެފުން މައުލޫމަތު ދެ އެވެ.

ކ. ތިލަފުށީގައި ހުރި ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފަވާއިރު، ރޭ، ހެންވޭރު މެހެލިގޯޅީގައި (ހެންވޭރުގައި ހުންނަ ފިއުލް ސަޕްލައިގެ ޝެޑު ކުރިމަތީގައި އޮންނަ ގޯޅި) ޕާކުކޮށްފައި ހުރި ފަސް ސައިކަލެއްގައި ރޯވެ ވަނީ ބޭނުންނުކުރެވޭ މިންވަރަށް އަނދައިފަ އެވެ.

އަދި މި މަހު ކުރީކޮޅު ރައްޔިތުންގެ މަޖިލިސް ކުރިމަތީގައި ހުރި ސައިކަލުތަކެއްގައި ވެސް ވަނީ ރޯކޮށްލައިފަ އެވެ. އެ ހާދިސާއާ ގުޅިގެން ހަތް ސައިކަލަކާއި ވޭނަކަށް ގެއްލުންވި އެވެ. 

އަދި ރޭ އީދާ ގުޅިގެން މުބާރާތެއް ބާއްވަން ތައްޔާރު ވަމުން ދަނިކޮށް ހދ. ނޮޅިވަރަމު ފުޓްސަލް ދަނޑުގައި ވެސް ބަޔަކު ވަނީ އަލިފާން ރޯކޮށްލައިފަ އެވެ.

މީގެ އިތުރުން މި މަހު ކުރީކޮޅު އައްޑޫ ސިޓީގައި ބާ ކާރުތަކެއްގައި ރޯވެ އަލިފާނުގެ ހާދިސާއެއް ހިނގިއިރު، މި މަހު 13 ވަނަ ދުވަހުގެ ރޭ ދަންވަރު މާލޭ ފަޅު ތެެރޭގައި އޮތް ލޯންޗެއްގައި ވެސް ވަނީ ރޯވެ އަނދައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް