މި އަހަރަށް ފާސްކުރި ދައުލަތުގެ ބަޖެޓުގައި ބަޖެޓު ދަރަނި 14 ބިލިއަން ރުފިޔާއަށްވުރެ އިތުރުވާނެކަމަށް ލަފާކޮށްފައިވެ އެވެ. އަދި ދަރަނި އަދާކުރުމާއި އިންޓަރެސްޓުގެ ހަރަދުތައް އުނިކުރުމަށްފަހު ޕްރައިމަރީ ޑެފިސިޓުގެ ގޮތުގައި 8.8 ބިލިއަން ރުފިޔާ އަރާނެ ކަމށްވެސް ލަފާކޮށްފައިވެ އެވެ.
މި އަހަރުގެ ފުރަތަމަ ކުއާޓަރު ނިމުނުއިރު ދައުލަތުގެ ޖުމްލަ ދަރަނި 126 ބިލިއަން ރުފިޔާ އަށް ވަނީ އިތުރުވެފަ އެވެ.
ދަރަނި އިތުރުވެފައި ވަނީ އެތެރޭގެ މާކެޓުން ނެގި ދަރަނި އިތުރުވުމުންނެވެ. ފުރަތަމަ ތިން މަހުގެ ތެރޭގައި އެތެރޭގެ ދަރަނި ވަނީ 74 ބިލިއަން ރުފިޔާ އަށް ވަނީ އަރައިފަ އެވެ. އެ އަދަދު މިދިޔަ މަސް ފެށުނު އިރު ހުރީ 72.8 ބިލިއަން ރުފިޔާގަ އެވެ.
ދައުލަތުގެ މީޑިއާގައި މިރޭ ވާހަކަދައްކަމުން ސައީދު ވިދާޅުވީ ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާއެކު މިއަހަރު މިހާތަނަށް 16 ބިލިއަން ރުފިޔާ ސަލާމަތްކޮށްފައިވާ ކަމަށެވެ.
މިކަންކަމުގެ ސަބަބުން އިގުތިސޯދީ ކުރިއެރުން މިހާރު ލަފާ ކޮށްފައިވާ ވަރަށް ވުރެ، ބޮޑަށް ކުރިއަރާނެ ކަމަށެވެ. އަދި ސަރުކާރުން މިހުރިހާ ކަމެއްކުރަމުންދާއިރުވެސް އެއްވެސް ދަރަންޏެއް ޑިފޯލްޓުވެފައި ނުވާކަން ސައީދު ފާހަގަކުރެއްވި އެވެ.
ސައީދު ވިދާޅުވީ އެމްޑީޕީގެ ސަރުކާރުން އައިއެމްއެފުން ދިން އެއްވެސް ލަފައެއް އަޑުނޭހި ކަމަށާއި ރިޔާސީ އިންތިހާބު އޮތް އަހަރު ޕްރިންޓު މެޝިނުގެ ގިޔަރު ކޮޅަށް ޖަހާލައި ފައިސާ ޗާޕުކުރަން ފެށީ ކަމަށެވެ. އަދި ގައުމު ދަރުވާލާއި، އިނދަޖައްސާލުމަށްފަހު މިއަދު ގައުމުގައި ކޮޅުފައިން ޖަހަން އެމްޑީޕީ ސަރުކާރުގެ ބޭފުޅުން މަސައްކަތް ކުރާ ކަމަށާއި އެ ބޭފުޅުންގެ އިހުލާސްތެރި ކަމެއް ނެތް ކަމަށް ސައީދު ވިދާޅުވި އެވެ.
- އިތުރަށް ކިޔާލަން: ބޭރާ އެތެރޭގެ ދަރަނި ދައްކަން 13 ބިލިއަން ހޭދަކޮށްފިން: ރައީސް
ދައުލަތުން އެންމެ ބޮޑު ދަރަންޏެއް އަދާކުރަން އޮތީ 2026 ވަނަ އަހަރު އެވެ. އެ އަހަރު ދަރަނި ދެއްކުމަށް 15 ބިލިއަން ރުފިޔާ ހޭދަކުރަން ޖެހެ އެވެ. އެއީ ރާއްޖޭގެ ތާރީހުގައި ވެސް އެންމެ ބޮޑު ދަރަނި ދައްކަން ޖެހޭ އަހަރެވެ.
ދަރަނި އިންތިހާއަށް ބޮޑުވެފައިވާ އިރު 2026 ވަނަ އަހަރު ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި ހުންނަ މިންވަރު 117 ޕަސެންޓަށް އަރާނެ ކަމަށް ވެސް އެމެރިކާގެ ކްރެޑިޓް ރޭޓިން އޭޖެންސީ, ފިޗުގެ ރޭޓިން ކޮމެންޓްރީގައި ލަފާކޮށްފައިވެ އެވެ.
- އިތުރަށް ކިޔާލަން: ދަރަނީގެ ހާލަތު ގޯސްވެ، ފިޗުން ރާއްޖޭގެ ރޭޓިން ދަށްކޮށްފި