ads
ދާހިލީ ވަޒީރު އަލީ އިހްސާން
އާއިލާ އިން ނުރު ހުނަސް އަތުހަރުގެ އޮޓޮޕްސީއެއް ހަދާނެ: އިހްސާން
އަންހެނެއްގެ ކަރުގައި ވަޅި ޖައްސައިގެން ބިރު ދެއްކި އާދަމް އަތުހަރު، 32, ފުލުހުންގެ ބެލުމުގައި ދަށުގައި ހުއްޓައި ހާލުބޮޑުވެ އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް މިއަދު މަރުވި އަތުހަރުގެ އޮޓޮޕްސީ/ޕޯސްޓްމޯޓަަމް ހެދުމުގެ މަސައްކަތް ފަށައިފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެ އެވެ.
Advertisement

މޯލްޑިވްސް ކަރެކްޝަންސް ސާވިސްގެ ޖަލުތަކާއި ފުލުހުންގެ ރިމާންޑު ޖަލުތަކުގައި މަރުވާ ހުރިހާ އެންމެންގެ ޕޯސްމޯޓަމް ހަދަން ނިންމިކަން މީގެ ކުރިން ހޯމް މިނިސްޓަރު އަލީ އިހްސާން ވަނީ އިއުލާންފަ އެވެ. މި ފަދަ ނިންމުމެއް އައީ މިފަހުން ޖަލުގައި ނިޔާވި ށ. ފުނަދޫ, ޒަމާނީ ވިލާ އުމުރުން 45 އަހަރުގެ މުހައްމަދު ޖަމީލުގެ މަރާ ގުޅޭގޮތުން އުފެދުނު "ޝައްކު" ތަކަށް ބިނާކޮށެވެ.

ޖަމީލުގެ މަރަށް ފަހު މާގިނަ ދުވަހެއް ނުވެ އަނެއްކާ ވެސް މިވަނީ ފުލުހުން ބަލަހައްޓާ ދޫނިދޫ ޖަލުގައި ދަންޖެހިފައި ހުއްޓާ މީހަކު ފެނި އޭނާ އަށް ފަރުވާ ދެމުން ދަނިކޮށް މަރުވެ، އަދި އޭނާ ދަންޖެހިފައިވާ ކަމުގެ އެއްވެސް ނިޝާނެއް ފެންނަން ނެތް ކަމަށް އާއިލާއިން ބުނެ ސުވާލު އުފައްދާފަ އެވެ. 

އަތުހަރުގެ އެއްބަނޑުއެއްބަފާ ބޭބެ މުހައްމަދު ތަސްމީނު ހޮސްޕިޓަލްގައި ހުރެ ނޫސްވެރިންނާއި ވާހަކަ ދައްކަމުން ބުނީ ކޮއްކޮ އަތްހަރުގެ ޕޯސްމޯޓަމް ހަދަން ބޭނުން ނުވާކަމަށާއި ބޭނުންވަނީ ވީ އެންމެ އަވަހަަށް ކޮއްކޮ ވަޅުލާންކަމަށެވެ. 

ތަސްނީމު ބުނީ އަހްތަރުގެ ކަރުން ދަންޖެހުމުގެ އެއްވެސް ނިޝާނެއް ފެންނަން ނެތްކަމަށެވެ. 

ޝަރީއަތް ނިމެންދެން ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ އޭނާ ދަންޖެހުނު މައްސަލާގައި ފުލުހުން ވަނީ ތަހުގީގެއް ފަށައިފަ އެވެ. މަރުވި ސަބަބު ދެނެގަތުމަށް އަތުހަރުގެ ހަށިގަނޑުގެ އޮޓޮޕްސީއެއް ހަދަން ވެސް ނިންމާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މީގެއިތުރުން ފުލުހުން މިރޭ ވަނީ އަތުހަރު ދަންޖެހި މަރުވި ހާދިސާއާ ގުޅޭ ވީޑިއޯ، ނޫސްވެރީންނަށް ދައްކާލައިފަ އެވެ. ފުލުހުން ދެއްކީ އެޑިޓް ވެސް ނުކޮށް ފްޓޭޖުގެ ރޯފައިލެވެ. އެދިފައިވަނީ އެ ވީޑިއޯއިން ދެެއްކި މަންޒަރުތަކުގެ ތަފްސީލު އާންމުނުކުރުމަށެވެ. ސަބަބަކީ ވިޑިއޯއިން ފެންނަ މަންޒަރުން މީހަކަށް ނުވަތަ ބަޔަކަށް ހާއްސަކޮށް އަތުހަރުގެ އާއިލާއަށް އަސަރުކުރާނެ ވަރަށް ޒާތީ ކަންކަން ފެންނަ މަންޒަރުތަކަކަށް ވާތީ އެވެ. 

ވަރަށް ދިގުކޮށް ވީޑިއޯ ދެއްކި އެވެ. އަތުހަރު ގޮޅީގައި އުޅޭ މަންޒަރާއި ދަންޖެހޭ މަންޒަރާއި ފުލުހުން އެ ގޮޅިއަށް އެޓެންޑް ކުރާ ތަނާއި ސްޓްރެޗާ އަށް ލައިގެން އޭނާގެ ހަށިގަނޑު ގެންދާ މަންޒަރު ނިމެންދެން ދެއްކި އެވެ

އަތުހަރުގެ މަރާ ގުޅޭ ގޮތުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، ގައިދީއަކު މަރުވުމުން އަމަލު ކުރާނެ ސިޔާސަތުތަކަށް މިފަހުން ގެނައި ބަދަލުތަކާ އެއްގޮތަށް އަމަލު ކުރާނެ ކަމަށެވެ.

އަދި އަތުހަރުގެ ޕޯސްޓްމޯޓަމްގެ ހެދުމުގެ މަރުހަލާތައް ފަށާފައިވާ ކަމަށް ވިދާޅުވި އެވެ. އެހެންވެ، އަތުހަރުގެ ހަށިގަނޑުވެސް އާއިލާއަށް ދޫކުރާނީ ޕޯސްޓްމޯޓަމް ހެދުމަށް ފަހު ކަމަށް އިހުސާން މިރޭ ވިދާޅުވި އެވެ.

ޕޯސްޓްމޯޓަމް ހެދުމުގެ ބޭނުމަކީ ކޭސް އޮފް ޑެޓް ދެނެގަތުމާއި މަރުވުމުގައި އެހެން އިތުރު ސަބަބެއް ނެތްކަން ޔަގީން ކުރުން ކަމަށް ވެސް ވިދާޅުވި އެވެ.

އަތުހަރުގެ މަރުގެ މައްސަލަ އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އާއި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އިން އަންނަނީ ބަލަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް