ads
ރަޝިއާގެ ނޯޑްވިންޑް އެއާލައިންގެ ބޯޓެއް ވީއައިއޭގައި
ޖުލައިގެ ނިޔަލަށް އިންޓަނޭޝަނަލް ފްލައިޓް މޫވްމެންޓް އިތުރު ވެއްޖެ
ރާއްޖޭގެ މައި އެއާޕޯޓް - ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު މެދުވެރިކޮށް ހިންގާފައިވާ ބައިނަލްއަގުވާމީ ދަތުރުފަތުރުތައް އިތުރުވެފައިވާކަން ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
Advertisement

މަރުކަޒީ ބޭންކް - މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ޖެނުއަރީ އިން ޖުލައިގެ ނިޔަލަށް ވީއައިއޭގެ އިންޓަނޭޝަނަލް ފްލައިޓް މޫވްމެންޓްތަކުގެ އަދަދު ހުރީ 9698 ގަ އެވެ. މި އަދަދު މިދިޔަ އަހަރުގެ މި މުއްދަތުގައި ހުރީ 9284 ގަ އެވެ. އެހެންކަމުން މި އަހަރު އިންޓަނޭޝަނަލް ދަތުރުތައް %4 މި ވަނީ އިތުރުވެފައި އެވެ.  

އިންޓަނޭޝަނަލް ފުލައިޓުތައް އިތުރުވެފައިވާއިރު އެ މުއްދަތުގައި ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދުވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެގޮތުން އެމްއެމްއޭގެ ތަފާސްހިސާބުތަކުން ފެންނަ ގޮތުގައި މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް 1.1 މިލިއަން ފަތުރުވެރިން އައިސްފައިވެ އެވެ. 

 

ތަފާސްހިސާބުތަކަށް ބަލާއިރު މިއަހަރުގެ ޖުލައިގެ ނިޔަލަށް އިންޓަނޭޝަނަލް ފްލައިޓް މޫވްމެންޓްގެ ތެރެއިން 8866 ފްލައިޓް މޫވްމެންޓަކީ ޝެޑިއުލް ފްލައިޓްތަކުގެ ދަތުރުތަކެވެ. އަދި 832 މޫވްމެންޓަކީ ޗާޓަރު ފްލައިޓްތަކާއި ޕްރައިވެޓް ފްލައިޓްތަކުގެ ދަތުރުތަކެވެ.

ކުރިއަށް އޮތް ދުވަސްވަރަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ޕީކް ސީޒަނަށް ވާއިރު ވަރަށް ގިނަ އެއާލައިންތަކުން މިދުވަސްވަރު ރާއްޖެއަށް ދަތުރުކުރާނެ ކަމަށް ލަފާކޮށް ފަތުރުވެރިކަމުގެ ވިންޓާ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ފެސިލިޓީސް މެނޭޖްމަންޓް އެންޑް ޔުޓިލިޓީސް ޑިވިޝަން (އެފްއެމްޔޫޑީ) އިން މިފަހުން ވަނީ ހާއްސަ އިވެންޓެއް ބާއްވައިފަ އެެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް