ads
ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް: ޗައިނާ ބޭންކާއެކު ވި އެއްބްސްވުމުން ޑޮލަރަށް ބަރޯސާވުން ކުޑަކުރެވޭނެ ކަމަށް ވިދާޅުވި
ޗައިނާ ބޭންކާއެކު ވި އެއްބްސްވުމުން ޑޮލަރަށް ބަރޯސާވުން ކުޑަކުރެވޭނެ: ޝިޔާމް
ދިވެހި ސަރުކާރާއި ޗައިނާގެ މަރުކަޒީ ބޭންކް، ޕީޕަލްސް ބޭންކް އޮފް ޗައިނާއާ ދެމެދު، ކަރަންޓް އެކައުންޓް މުޢާމަލާތްތައް ދެ ގައުމުގެ ފައިސާއިން ހިންގުމަށް މަގުފަހިކޮށްދިނުމަށް އެމްއޯޔޫއެއްގައި މިއަދު ސޮއިކުރުމުގެ ސަބަބުން ޑޮލަރަށް ބަރޯސާވުން ކުޑަވާނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
Advertisement

އެކްސް މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައި ޝިޔާމް ވިދާޅުވީ މިއަދު ވެވުނު އެއްބަސްވުމުގެ ސަބަބުން ޑޮލަރަށް ބަރޯސާވާ މިންވަރު މަދުވެ ޗައިނާއާއެކު ވިޔަފާރި ކުރާ ގިނަ ވިޔަފާރިތަކަށް، ޕްރޮސެސްތައް ސްޓްރީމްލައިން ކުރެވޭ ގޮތަށް ލޯކަލް ކަރަންސީން ވިޔަފާރީގެ މުއާމަލާތްތައް ފަސޭހައިން ކުރެވިގެން ދާނެކަމަަށެވެ.

އޭގެއިތުރުން މި އިންތިޒާމާއެކު ރާއްޖެއިން އިން ޗައިނާއާ އެކު އޮންނަ އިގްތިސާދީ ގުޅުން ބަދަހިކުރުމުގެ އިތުރުން އަމިއްލަ އިގްތިސާދީ ހަމަޖެހުން އިތުރުކުރުމަށް ސްޓްރެޓެޖިކް ވަސީލަތެއްގެ ގޮތުގައި ވެގެންދާނެ ކަމަށް ޝިޔާމް އެ ޕޯސްޓްގައި ފާހަގަކުރެއްވި އެވެ.

"އިގްތިސާދީ ފައިދާތަކުގެ އިތުރުން މި އެމްއޯޔޫ ރަމްޒުކޮށްދެނީ ޑިޕްލޮމެޓިކް ގުޅުންތައް ބަދަހިކުރުމަށް ދެފަރާތުގެ ވައުދުވުންތައް" ޝިޔާމް ވިދާޅުވި އެވެ.

މި އެމްއޯޔޫއަކީ ދެ ގައުމުގެ ލީޑަޝިޕްތަކުގެ މެދުގައި އޮންނަ އިތުބާރާއި އެއްބާރުލުން ކަމަށާއި ކުރިއަށް އޮތްތަނުގައި އެކި ދާއިރާތަކުން އެއްބާރުލުން ދިނުމަށް މަގުފަހިކޮށްދޭ ކަމެއްކަމަށްވެސް ޝިޔާމް ވިދާޅުވި އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނި ގޮތުގައި، މި އެއްބަސްވުމަކީ ރާއްޖޭގެ އިގުތިސާދު ފުޅާކުރުމާއި ބައިނަލްއަގުވާމީ ބައިވެރިންނާއެކު ވިޔަފާރީގެ ގުޅުން ވަރުގަދަކުރަން، ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ފުޅާ ތަސައްވަރުގެ ތެރެއިން މުހިންމު ފިޔަވަޅަކެވެ.

ޗައިނާއާ ދިވެހިރާއްޖެއާ ދެމެދު އަހަރަކު ގާތްގަނޑަކަށް 700 މިލިއަން އެމެރިކާ ޑޮލަރުގެ ވިޔަފާރީގެ މުއާމާލާތު ކުރެވެ އެވެ. އަދި މިވަގުތ،ު ޗައިނާއަކީ ދިވެހިރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމެވެ.

ބޭރު ގައުމުތަކަށް ދައްކަށް ޖެހޭ ދަރަނީގެ މައްސަލަ ބޮޑުވެ، މި ދުވަސްވަރަކީ ޑޮލަރުގެ ތާށިކަން އިންތިހާއަށް ބޮޑު ދުވަސްވަރެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް