ads
ފުލުހުންގެ އަހަރީ ދުވަސް ފާހަގަކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ފުލުހުންގެ އިސް މަގާމުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ފުލުހުންގެ އިސް މަގާމުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފިއެވެ.
Advertisement

ފުލުހުން ބުނީ މި ބަދަލުތަކުގެ ދަށުން ފުލުހުންގެ 9 ބަހާއެއްގެ އިސްވެރިންގެ މަގާމުތަކަށް އައު އޮފިސަރުން ކަނޑައަޅާފައިވާ ކަމަށެވެ.

ބަދަލު ގެނެސްފައިވާ ބަހާތަކުގެ ތެރޭގައި އިކޮނިމިކް ކްރައިމް އިންވެސްޓިގޭޝަންސް އާއި ޑްރަގް އެންފޯސްމަންޓާއި ގޭންގޮ ކްރައިމް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އޮޕަރޭޝަންސް އާއި ތިލަމާލެ ޕޮލިސް އާއި ޓްރެފިކް ޕޮލިސް ސްޕެޝަލިސްޓް ޓެކްޓިކަލް ރެސްޕޮންސްގެ އިތުރުން ކަސްޓޯޑިއަލް ސްޓޭންޑާޑްސް އެންޑް ޑިވޮލަޕްމަންޓް އަދި ޕްރޮޓެކްޓިވް ސެކިއުރިޓީ ހިމެނޭކަމަށް ފުލުހުން ބުނެއެވެ. 

ގެނައި ބަދަލުތައް

  • ހެޑް އޮފް އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަން / ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ރަޝީދު
  • ހެޑް އޮފް ޑްރަގް އެންފޯސްމަންޓް / ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު މުސްލިމް 
  • ހެޑް އޮފް ގޭންގް ކްރައިމް އިންވެސްޓިގޭޝަން / ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ސަބާހް
  • ހެޑް އޮފް ކައުންޓާ ނާކޮޓީކްސް އޮޕަރޭޝަންސް / ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް ފާތިހު މުހައްމަދު 
  • ހެޑް އޮފް ތިލަމާލެ ޕޮލިސް / ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރަޖުނީ ޝުއައިބު
  • ހެޑް އޮފް ޓްރެފިކް ޕޮލިސް / ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިބްރާހީމް ޢިމްރާން
  • ހެޑް އޮފް ސްޕެޝަލިސްޓް ޓެކްޓިކަލް ރެސްޕޮންސް / ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިސްހާގު އާދަމްފުޅު 
  • ހެޑް އޮފް ކަސްޓޯޑިއަލް ސްޓޭންޑާޑްސް އެންޑް ޑިވޮލަޕްމަންޓް /  ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ޝަހީމް
  • ހެޑް އޮފް ޕްރޮޓެކްޓިވް ސެކިއުރިޓީ ސެކިއުރިޓީ / ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ނާހިދު ހުސައިން

ފުލުހުންގެ ޔުނިޓްތަކުގެ ވެރިން ބަދަލުކޮށްފައި މިވަނީ މާލޭ އުސް އިމާރާތަކުން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލާގައި ފުލުހުންގެ ތަހުގީގަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފައިވާ ދަނޑިވަޅެެއްގައެވެ. އަދި އެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށް ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމުން އަލީ ޝުޖާއު ވަނީ އިސްތިއުފާ ދެއްވާފައެވެ. 

މީގެއިތުރުން ޔުމްނުގެ މައްސަލަވެސް ބަލަމުން އައި ހޯމިސައިޑް އެންޑް ޑެތު އިންވެސްޓިގޭޝަން ޔުނިޓްގެ ވެރިޔާ ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ސާމިހު ވަނީ އެ މަގާމުން ވަކިކޮށް އެ ޑިޕާޓްމަންޓަކަށް ބަދަލުކޮށްފައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް