ads
ކޮރަޕްޝަން
ދައުލަތް ހިންގުމުގެ ނިޒާމް ވަނީ ކޮރަޕްޝަނުން ފޯވެފައި: ޑރ. ސައްތާރު
ދައުލަތް ހިންގުމުގެ ނިޒާމް ވަނީ ކޮރަޕްޝަނުން ފޯވެފައި ކަމަށް ޑރ. އަބްދުއްސައްތާރު ޔޫސުފް ވިދާޅުވެއްޖެ އެވެ.
Advertisement

ޑރ. އަބްދުއް ސައްތާރު މިހެން ވިދާޅުވެފައިވަނީ އެ މަނިކުފާނު ނެރުއްވި "ގައުމެއް ހަލާކުގެ ތުންފަތްމަތީގައި" ނަމުގައި ނެރުއްވި ފޮތުގައި އެވެ. 

ޑރ. ސައްތާރު ވިދާޅުވީ ދައުލަތުގެ އިސް މަގާމުތަކުގައި ތިބޭ ފަރަތްތަކުން މަގާމުގެ ހައިސިއްޔަތު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމަކީ ފަސާދަ އާއި ކޮރަޕްޝަން ކަމުގަ އެވެ.

މިކަމަކީ ވަކި ވަކި ފަރުދުންވެސް އަދި ބޮޑެތި ޖަމާއަތްތަކުންވެސް މަކަރުވެރި ރޭވުންތެރިކަމެއްގެ ދަށުން ހިންގޭ ސީރިއަސް ޖަރީމާއެއް ކަމަށާއި މި އަމަލު ގިނަވުމުގެ ސަބަބުން އިޖްތިމާއީ ވައިރަހެއް ފެތުރެމުން ގޮސް އެތަށް ޖީލެއްގެ އިޖްތިމާއީ ކުރިމަގު މުޅިން ބަރުބާދުވާފަދަ ހާލަތަކަށް ރާއްޖޭ ހިނގައިދޭނެ ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.

"ހިތާމައަކީ މި ހާލަތު ދެމެހެއްޓުމަށް ސިޔާސީ ފާޓީތަކުގެ ހަރަކާތްތަކުން ނޭނގުމެއްގެ ތެރޭގައި ތިބެގެންވިޔަސް ހިތްވަރު ދެއްވަމުން އަންނާތީ" ޑރ. ސައްތާރު ވިދާޅުވި އެވެ.

ޑިމޮކްރަސީ ނިޒާމަށް އެތަށް އަހަރެއް ވެގެން ދިޔައިރުވެސް ރާއްޖޭގެ އާންމު ރައްޔިތުންގެ ހޭލުންތެރިކަން އޮތް ދަށު ދަރަޖައިގެގެ ބޭނުންކޮށް ބައެއް ބޭފުޅުންގެ ފޮނި ބަސްތަކުގެ ޖާދޫގައި ޖެހިގެން އެތަށް ރައްޔިތުންނެއް ހެލިގެން އަދިވެސް އެބަތިބިކަމަށާއި ޕާޓީން އަންގާ ކޮންމެ ކަމަކަށް އެއްވެސް ޖެހިލުމެއް ނެތި ބައިއަތު ހިފުންމުންވެސް އެންގިގެން ދަނީ ދިވެހި ރައްޔިތުން އަދިވެސް ޑިމޮކްރަސީ އާއި މެދު ރަނގަޅަށް ހޭލުންތެރި ނުވާކަމަށް އަންގައިދޭ ކަމެއް ކަމަށް ޑރ. ސައްތާރު ފާހަގަކުރެއްވި އެވެ.

މިފަދަ މޮޑަން ޒަމާނެއްގައި ރާއްޖެ ފަދަ ތަރައްގީ ވަމުން އަންނަ ގައުމުތަކުގައި ވެރިކަމަށް އިސްވާ ކޮންމެ ޕާޓީއެއްގެ ވެސް އެންމެ އިސް ވާޖިބަކަށް ވާނީ ގައުމުގެ ތަރައްގީ އަށް ބޭނުންވާ ހަރަކާތްތައް ހިންގާ ގައުމު ތަރައްގީ ކުރުމުގެ ކަންކަމާއި ވިސްނުމުގެ ބަދަލުގައި ފެނިގެންދަނީ އެ ލިބުނު ބާރުތައް ހިފަހައްޓާ ދޫ ނުކޮށް ހިފެހެއްޓޭތޯ ބަލަމުން އަންނަ ތަން ކަމަށާއި އަބަދުވެސް އެބޭފުޅުން ދަނީ ރައްޔިތުންނައް ރަނގަޅުގޮތް ހޯދުމަށް މަސައްކަތް ކުރުމުގެ ބަދަލުގައި އަބަދުވެސް އަމިއްލަ ބޭނުންތައް ފުއްދާ މަސައްކަތް ކުރާތަން ކަމަށް އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ. 

ޑރ.ސައްތާރު އިތުރަށް ވިދާޅުވި ގޮތުގައި އިންސާފެއްނެތް ގައުމެއްގައި ކޮރަޕްޝަންގެ އަމަލުތައް އިތުރުވެ ގައުމު ހަލާކު ވެގެން ދާނެކަމީ އެއްވެސް ސައްކެއް ނެތި ޔަގީން ވާ ކަމެއް ކަމަށެވެ.

މި ފޮތް ބެހޭގޮތުން ޑރ. އަބްދުއްސަތާރު ވިދާޅުވީ ދިވެހި ރާއްޖެ ފެންނަނީ ފެއިލްވެފައިވާ ގައުމެއްގެ މިސްރާބަށް ދަތުރު ކުރަމުން ދާތަން ކަމަށާއި މިކަން ސާބިތުކޮށްދޭ އެތަށް ދަލީލެއް އަޅުގަނޑުމެންގެ ކުރިމަތިން ފެންނަން އެބައޮތް ކަމުގަ އެވެ. 

އެ މަނިކުފާނު އިތުރަށް ވިދާޅުވި ގޮތުގައި ގައުމު ހިންގުމުގެ ނިޒާމުގެ ތެރޭގައި އެތަށް ހުރަސްތަކެއް ވާކަން މި ފޮތުން ދައްކުވައިދޭނެ ކަމުގަ އެވެ.

ދައުލަތް ހިންގުމުގެ ނިޒާމް ވަނީ ކޮރަޕްޝަނުން ފޯވެފައި ކަމަށް ސައްތާރު ފޮތުގައި ވިދާޅުވިިރު، ދައުލަތް ހިންގުމުގެ އޮނިގަނޑުގެ އެންމެ މަތީގައި އަބަދުވެސް ތިބެންޖެހޭ ބަޔަކީ ރައްޔިތުން ކަމަށް ދެކި، ރާއްޖެ ހިންގުމުގެ އޮނިގަނޑު ބަދަލު ކުރަން ޖެހޭ ކަމަށް ބުނެ "އެދޭ ރާއްޖޭ" ހަރަކާތްތުން ވަނީ ވެރިކަން ހިންގުމުގެ ކޮންމެ ނިޒާމެއް އޮތް ނަމަވެސް ރާއްޖޭ ހިންގަން ހަވާލުވާ މީހުން އަމިއްލައަށް ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެ ޖަވާބުދާރީވާން މަޖުބޫރުވާ ގޮތަށް ގާނޫނު އަސާސީ އިސްލާހު ކުރުމަށް ގޮވާލާފަ އެވެ.

އެގޮތުން "އެދޭ ރާއްޖެ" ހަރަކާތުން މިހާރު ވަނީ ގާނޫނު އަސާސީ އިސްލާހުކޮށް ދައުލަތް ހިންގުމުގެ އޮނިގަނޑު އަލުން ތަރުތީބު ކުރުމަށް އިސްލާހް ތަކެއް ހުށައަޅާ ރައްޔިތުންގެ ހިޔާލަށް ކަރުދާހެއް ދޫކޮށްލައިފަ އެވެ.

އިސްލާހީ ވިސްނުންތަކުގެ އަލީގައި ރައްޔިތުން ބާރުވެރި ކުރުމަށް ގާނޫނު އަސާސީއަށް ގެންނާންޖެހޭ އިސްލާހުތައް ގެނައުމަށް މި މަސައްކަތުގައި ވީހާވެސް ގިނަ ފަރާތްތަކެއްގެ ހިޔާލާއި ބައިވެރިވުމަށް "އެދޭ ރާއްޖެ" ހަރަކާތުން ވަނީ ގޮވާލައިފަ އެވެ. 

"އެދޭ ރާއްޖެ" ކެމްޕޭނުގެ ބޭނުމަކީ ފެހި ގާނޫނުއަސާސީން ތަސައްވުރުކުރި ރާއްޖެ ނުލިބި، ރައްޔިތުންގެ ބާރު ގެއްލުމުގެ ސަބަބުން އަލުން ރައްޔިތުން އެދޭ ރާއްޖެއަށް ދިއުމަށްޓަކައި ރައްޔިތުންގެ ހަރަކާތަކަށް މަގުފަހި ކުރުމެވެ. އިޖުތިމާއީ އަދި ސިޔާސީ ނިޒާމުން ނަޒާހަތްތެރިކަން ގެއްލި، ކޮރަޕްޝަނާ ފަސާދައަކީ އާންމުވެފައިވާ އަދި އާދައިގެ ކަމަކަށް ވަމުންދާތީ އެކަން ހުއްޓުވުމަށް ރައްޔިތުން ބާރުވެރި ކުރުވުމެވެ.

މިހާރު އަމަލު ކުރަމުން އަންނަ ފެހި ގާނޫނުއަސާސީ ތަސްދީގުކޮށް އަމަލު ކުރަން ފަށާފައި ވަނީ، މީގެ 17 އަހަރު ކުރިން 7 އޮގަސްޓު 2008ގަ އެވެ.  

އެގޮތުން "އެދޭ ރާއްޖެ" ހަރަކާތުން ގައުމުގެ ހަގީގީ ވެރިންނަކީ ރައްޔިތުންކަން ކަށަވަރު ކުރުމަށް ގާނޫނުއަސާސީގައި ހިމެނުމަށް ގޮވާލާ ކަންކަމަކީ:

  • ރައްޔިތުންގެ ބާރު
  • ރައްޔިތުންގެ މަޖިލީސް ތަރުތީބު ކުރުން
  • ގާނޫނު އަސާސީން ރައްކާތެރިކަން ލިބިފައިވާ ގައުމީ ތަސައްވުރަކާއި ގައުމީ ތަރައްގީގެ ދިގުރާސްތާގެ ޕްލޭނަކަށް ރާއްޖެ ތަރައްގީ ކުރުން ލާޒިމް ކުރުން
  • އަތޮޅު ހިންގުމަށް މިހާރަށްވުރެ އިތުރަށް ބާރުތައް ދޭން ލިޔުން
  • އަދުލު އިންސާފުގެ ދާއިރާ އިތުރަށް މިނިވަން ކުރެވޭނެ ގޮތެއް ގާނޫނުއަސާސީގެ ތެރެއިން ހޯދުން
  • އިންތިހާބީ ނިޒާމު މިހާރަށްވުރެ ވަރުގަދަ ކުރުން
  • އަތޮޅު ހިންގުން ރައްޔިތުންގެ ޝާމިލުވުން އިތުރުކުރުން
  • ދައުލަތް ޖަވާބުދާރީ ކުރުމުގެ ނިޒާމް އަލުން ތަރުތީބު ކުރުން
  • މިނިވަން ބަންޑާރަ ނައިބެއް ހޯދުން
  • ސިޔާސީ ޕާޓީތަކުގެ ހިންގުން މިހާރަށްވުރެ ހަރުދަނާ ކުރުން
  • ދައުރު މެދުން މިޑްޓާމް އިންތިހާބު ބޭއްވުމުގެ އިންތިޒާމެއް ހަމަޖެއްސުން 
  • ސަރުކާރު ރޯލް ސާފުކޮށް ލިޔުން
  • ގާނޫނުއަސާސީ އާ ހިލާފުވާ ދައުލަތުގެ އިސް ހިންގުންތެރިން ކަމަށްވާ ހުވާކޮށްގެން މަގާމާ ހަވާލުވާ މީހުންނަށް ހާއްސަ އަދަބެއް ކަނޑައެޅުން
  • ސިޔާސީ މަގާމަށް މީހުން އައްޔަނު ކުރެވޭނެ އަދަދު ކަނޑައެޅުން
  • ދައުލަތް ޖަވާބުދާރީ ކުރުމުގެ ނިޒާމު އަލުން ތަރުތީބުކޮށް، ސަރުކާރާއި މުޅިން ވަކިން މިނިވަންކަމާއިއެކު ދައުލަތުގެ އެސެޓްތައް ހާމަކޮށް ބަލަހައްޓާނެ ނިޒާމެއް އެކުލަވާލުން
  • ހިންގުން ހަރުދަނާވާނެ އޮނިގަނޑެއް ގާނޫނުއަސާސީން ބާރު ލިބިގެން އުފެއްދުން

މި ކަންކަމަކީ އިލްމީ އަދި ފަންނީ ގައުމީ ބަހުސްތަކުން ހައްލު ހޯދޭނެ ކަންކަމަށްވާތީވެ މިހަރަކާތައް ދިވެހި އެންމެހާ ރައްޔިތުންނަށާއި، ސަރުކާރަށާއި، ސިޔާސީ ޕާޓީތަކަށާއި، ލޯކަލް ކައުންސިލްތަކަށާއި، މީޑިއާ އާއި، މަދަނީ ޖަމިއްޔާތައް ހިމެނޭހެން ރާއްޖޭގެ ހުރިހާ ޒުވާނުންނަށް ދައުވަތު އަރުވާ ކަމަށް "އެދޭ ރާއްޖެ" އިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ. 

އަދި މި ދެންނެވި ފަރާތްތަކުގެ ބައިވެރިވުން ހިމެނޭ ގޮތުން ރައްޔިތުންގެ ޝާމިލުވުން އޮވެގެން ގާނޫނު އަސާސީއަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް "އެދޭ ރާއްޖެ" ހަރަކާތުން މަސައްކަތް ކުރާނެ ކަމަށް ވެސް ވަނީ ބުނެފައި އެވެ. 

އިސްލާހީ ވިސްނުންތަކުގެ އަލީގައި ރައްޔިތުން ބާރުވެރި ކުރުމަށް ގާނޫނު އަސާސީއަށް ގެންނާންޖެހޭ އިސްލާހުތައް ގެނައުމަށް މި މަސައްކަތުގައި ވީހާވެސް ގިނަ ފަރާތްތަކެއްގެ ހިޔާލާއި ބައިވެރިވުމަށް "އެދޭ ރާއްޖެ" ހަރަކާތުން ވަނީ ގޮވާލައިފަ އެވެ. 

"މިއީ ފަޅި ސިކުންތަކަށް އޮތް ބާރު 5 އަހަރަށް ހޯދުމަށް ރައްޔިތުން ހިންގާ ހަރަކާތެކެވެ" ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް ދައުލަތުގެ އޮނިގަނޑު ފުރޮޅާލުމަށް ހުށައަޅާ ކަރުދާހަށް ތިޔަ އެންމެ ބޭފުޅުންގެ ހިޔާލަށް ހުޅުވާލަމެވެ. 

  • އެދޭ ރާއްޖެ ކަރުދާހަށް ހިޔާލު ފޮނުއްވުމަށް: [email protected]
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް