ads
ބިންވެރިޔާ ސްކީމްގެދަށުން، ގުޅިފަޅުން ގޯތި ލިބުނު ބަޔަކު ބިމާއި ހަވާލުވަނީ
ފްލެޓާއި ގޯއްޗަށް ކުރިމަތިލާން ހުޅުވާލަނީ އަންނަ ޖެނުއަރީ 4ގައި
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މލޭގައި އުޅޭ ރައްޔިތުންނަށް ދޫކުރާއި ފްލެޓާއި ގޯއްޗަށް ކުރިމަތިލާން ހުޅުވާލަނީ އަންނަ ޖެނުއަރީ މަހުކަމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރު ބުނެފިއެވެ.
Advertisement

މި ސަރުކާރުގެ ދައުރުގެ ތެރޭގައި ބޯހިޔާވަހިކަން ބޭނުންވާ އެންމެނަށް ބޯހިޔާވަހިކަން ހޯދައިދޭން ރައީސް މުހައްމަދު މުއިއްޒު ވެފައިވާ ވައުދު ފުއްދަން ސަރުކާރުން ގެންގުޅޭ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތު ރޭ  ވަނީ އިފްތިތާހުކޮށްފައެވެ. މި ސިޔާސަތުގެ ދަށުން މާލެއިން 15،000 ގޯއްޗާއި 7500 ފްލެޓް ދިނުމަށް ވަނީ ނިންމާފައެވެ.

މިނިސްޓްރީން ބުނީ ގޯއްޗާއި ޕްލެޓަށް އެދުމަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުުވާލާނީ 04 ޖަނަވަރީ 2026 އިން ފެށިގެން 03 މާރިޗު 2026 ގެ ނިޔަލަށްކަމަށެވެ. އަދި އެޕްލިކޭޝަން ހުށައަޅަން ޖެހޭނީ ޕޯޓަލް މެދުވެރިކޮށްކަމަށެވެ. 

އެގޮތުން އެޕްލިކޭޝަން ހުށަހެޅޭނީ "މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ބިން ދޫކުރުމުގެ އުސޫލު" ނުވަތަ "މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފްލެޓް ދޫކުރުމުގެ އުސޫލު" ގެ ތެރެއިން ކޮންމެވެސް އެއް އުސޫލެއްގެ ދަށުންކަމަށްވެސް މިނިސްޓްރީން ބުނެއެވެ. 

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން 18 އަހަރުން މަތީ ކޮންމެ ރައްޔިތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދޭނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. މި ސަރުކާރުގެ ޒިންމާއަކީ، އަމިއްލަ އެއްވެސް ބޯހިޔާވަހިކަމެއް ލިބިފައިނުވާ އާއިލާތަކަށް މި ސިޔާސަތުގެ ދަށުން އިސްކަން ދިނުންކަން ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ރޭ ވަނީ ވިދާޅުވެފައެވެ. 

 

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް