ads
ކޮވިޑް-19ގެ ސީރޯސާވޭލަންސް ދިރާސާގެ ތެރެއިން--
ޔޫކޭއިން އައި މީހާ އާއި ކޮވިޑުގެ އާ ސްޓްރެއިންއާ ގުޅުމެއް އޮތް ކަމެއް ނޭނގޭ
އިނގިރޭސިވިލާތުން ރާއްޖެ އައި ފަހުން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހާގެ ކޭސް އާއި އެގައުމުން ފެނިގެން އުޅޭ މި ވައިރަހުގެ އާ ސްޓްރެއިންއާ އެއްވެސް ގުޅުމެއްވާ ކަން މިހާތަނަށް އެނގިފައި ނުވާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

އެޗްއީއޯސީން ބުނެފައި ވަނީ އިނގިރޭސިވިލާތުން އައި ދިވެއްސަކު ކޮވިޑަށް ޕޮޒިޓިވްވެފައި ވާއިރު، އެ މީހާއަކީ ކައިވެނި ކްލަސްޓާއާ ގުޅިފައިވާ މީހެއް ކަމަށެވެ. ނަމަވެސް އޭނާ ރާއްޖެ އައީ ކައިވެނި ޕާޓީގެ ފަހުންނެވެ. 

ކައިވެނި ކްލަސްޓާއަކީ މި މަހުގެ 20 ވަނަ ދުވަހު ބޭއްވި ކައިވެނި ހަފްލާއެއްގައި ބައިވެރިވި 120 މީހުން ތެރެއިން 35 މީހަކު ޕޮޒިޓިވްވި ކްލަސްޓާ އެވެ. 

އެ ކްލަސްޓާއާ ގުޅުން ހުރި އަދި އިނގިރޭސިވިލާތުން އައި މީހަކު ޕޮޒިޓިވްވެފައި ވާއިރު، ދާދި ފަހުން އެގައުމުން ވަނީ މި ވައިރަހުގެ އާ ސްޓްރެއިންއެއް ފެނިފަ އެވެ.

މިހާތަނަށް ހޯދި ހޯދުންތަކުން އެނގޭ ގޮތުގައި އެ ގައުމުގައި ފެތުރޭ ކޮވިޑްގެ އާ ވޭރިއަންޓަކީ ކޮވިޑް-19 އަށް ވުރެ ގާތްގަނޑަކަށް 70 ޕަސެންޓް ހަލުވިކަމާއެކު ފެތުރޭ ވައިރަހެކެވެ.

ނަމަވެސް އެޗްއީއޯސީން ބުނީ އިނގިރޭސިވިލާތުން އައި މީހާގެ ކޭސް އާއި ކޮވިޑުގެ އާ ސްޓްރެއިންއާ ގުޅުމެއްވާ ކަން ހޯދިފައި ނުވާ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް