ads
ސީޕީ ހަމީދު އަދި އިމްރާން
ހުތުރު ވީޑިއޯތައް އާއްމުކުރާ މީހުނަށް ފިޔަވަޅު އެޅޭނެ ގާނޫނެއް އޮންނަންޖެހޭ: އިމްރާން
ހުތުރުކަން ބޮޑު ފާހިޝް އަމަލުތައް ސޯޝަލް މީޑިއާގައި އާއްމުކޮށް ދައުރުކުރާ މީހުންނާއިމެދު ފިޔަވަޅު އެޅޭނެ ގާނޫނީ އޮނިގަނޑެއް ވީހާވެސް އަވަހަށް ވުޖޫދުކުރަންޖެހޭ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އެފަދަ ގާނޫނެއް އޮތުމުގެ މުހިންމުކަން ފާހަަގަކުރައްވާ މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެފަދަ ގާނޫނީ އޮނިގަނޑެއް އަވަހަށް ވުޖޫދު ނުކުރެވިއްޖެނަމަ ރާއްޖޭގެ އިޖުތިމާއީ އަހްލާގިއްޔަތު އެއްކޮށް ފުޑުފުޑުވެގެން ހިގައިދާނެ ކަމަށެވެ. 

"ހުތުރުކަން ބޮޑު ފާހިޝް އަމަލުތަކުގެ މަންޒަރުތައް އޮންލައިން މީޑިއާތަކާއި، ޝޯޝަލް މީޑިއާ ޕްލެޓުފޯމުތަކުގައި ފަތުރާ ފަރާތްތަކާއިމެދު އެކަށީގެންވާ ފިޔަވަޅު އެޅޭނެ ގާނޫނީ އޮނިގަނޑެއް އަވަހަށް ވުޖޫދު ނުކުރެވިއްޖެނަމަ އިޖުތިމާއީ އަހްލާގިއްޔަތު އެއްކޮށް ފުޑުފުޑުވެގެން ހިގައިދާނެ" މިިނިސްޓަރުގެ ޓުވީޓުގައި ވެއެވެ. 

ސޯޝަލް މީޑިއާ ޕްލެޓުފޯމުތަކުގައި، ފާހިޝް އަމަލުތައް ކުރާ ވީޑިއޯތައް ދައުރުކުރާ މީހުންނާއިމެދު ފިޔަވަޅުއެޅޭނެ ގާނޫނީ އޮނިގަނޑެއް އޮންނަންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވެފައިމިވަނީ، އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ގިނަ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ދަނޑިވަޅެއްގަ އެވެ. 

މި ވީޑިއޯތަކުގައި ތުހުމަތުކުރެވޭ މީހުންގެ ތެރެއިން، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު އަދި ގާނޫނީ ވަކީލު ނާޒިމް ސައްތާރާއި، ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ގައި މަސައްކަތްކުރި ސާޖަންޓް އަބްދުއްރަހުމާން ރަފީއުގެ މައްޗަށް ވަނީ މިހާރު ދައުވާ އުފުލާފަ އެވެ.

ލީކުވެގެން އުޅޭ ވީޑިއޯތަކާއި ގުޅިގެން އަލްމްގީރާއި، ނާޒިމް ސައްތާރާއި، ސާޖަންޓް އަބްދުއްރަހުމާން ރަފީއުގެ އިތުރުން، ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު ވެސް ހައްޔަރުކުރި އެވެ. ނަމަވެސް ފުލުހުން ބުނީ އެ މައްސަލައާއި ގުޅިގެން ފުލުހުންގެ ބަންދުގައި ތިބީ އެންމެ ތިން މީހުން ކަމަށެވެ. މިމައްސަލާގައި 18 މީހެއްގެ ޕާސްޕޯޓު ހިފަހައްޓާފަވާ ކަމަށްވެސް ވެއެވެ. 

ގިނަ ބަޔަކާއެކު އެއްޖިންސުން ގުޅުން ހިންގާ، ގިނަ ބަޔަކު ބްލެކްމެއިލްކޮށްފައިވާ ކަމުގެ ތުހުމަތުގައި އަލަމްގީރް ހައްޔަރުކޮށް، އޭނާގެ ފޯނުން 200 އަށްވުރެ ގިނަ ދިވެހީންނާއިއެކު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯތައް ފުލުހުން އަތުލާފައިވާ ކަމަށްވެސް ވެއެވެ.

މި ވީޑިއޯތަކުގައި، މެރިން ކޮޕްސްގައި މަސައްކަތް ކުރާ ސިފައިންގެ މީހަކާއި، ޓީޗަރުުންތަކެއް ސަސްޕެންޑްކޮށްފައިވާއިރު، ހޯމް މިނިސްޓްރީގެ މުވައްޒަފެއްގެ އިތުރުން، ކަސްޓަމްސް ދެ މުވައްޒަފަކާއި، މަޖިލީހުގެ އިދާރީ މުވައްޒަފެއް ވެސް ވަނީ ސަސްޕެންޑުކޮށްފަ އެވެ.

ވަރަށްފަހުން، ޤުރުއާނާބެހޭ މަރުކަޒުގެ މުޝީރު އިބްރާހިމް ރާފިއު، އަލަމްގީރާއެކު ގުޅުން ހިންގާ ވީޑިއޯއެއްވެސް ވަނީ ލީކުވެފަ އެވެ. އޭނާ މިހާރު ވަނީ ފިލައިގެން ރާއްޖެ ބޭރަށް ގޮސްފަވާކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.

އަލްމްގިރާއެކު އެއްޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތުކުރެވޭ ބައެއް މީހުން ހައްޔަރުކޮށްފައިވާއިރު، ޓިކްޓޮކް ތަރި މަރިޔަމް ޝިފާ އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯތަކެެއްވެސް ލީކުވި އެވެ. ނަމަވެސް އޭނާ މިހާތަނަށް ހައްޔަރުކޮށްފަ އެއް ނުވެ އެވެ. އަދި އޭނާ ހައްޔަރުނުކޮށް ހުންނަ މައްސަލާގައި ގިނަ ބައެއްގެ ފާޑުކިއުންތައްވެސް ވަނީ ފުލުހުންނަށް އަމާޒުކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް