ads
ނާޒިމް ސައްތާރު
ކުށުގެ އަދަބު ދަށްވީ ދެރަވާކަން އާންމުންގެތެރޭ ފާޅުކުރުމުން: ނާޒިމް
23 އޮގަސްޓުން ފެށިގެން ޕާސްޕޯޓު އޮތީ ދޫކޮށްލާފައި
އަލަމްގީރްވެސް، ހިތާމަކޮށް ފާޅުގައި ތައުބާވެ މައާފަށް އެދުނު، އަދަބު ލުޔެއް ނުވޭ
އެއްޖިންސުން ގުޅުން ހިންގިމުގެ ކުށް ސާބިތުވެ، އެންމެ ތިން މަހުގެ ގޭބަންދު ހުކުމެއް ރައީސް ނަޝީދުގެ ކޮއްކޯފުޅު އަދި ގާނޫނީ ވަކީލް ނާޒިމް ސަައްތާރުގެ މަައްޗަށް އިއްވީ، ”ކުށާއިމެދު ދެރަވާކަން އާއްމުންގެތެރޭ ފާޅުކުރުމުން“ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

އެއްޖިންސުން ގުޅުން ހިންގިކަމުގެ ކުށުގަައި ނާޒިމުގެ މައްޗަށް ދައުލަތުން ކުރި ދައުވާގައި ސީދާ ލިވާތުކުރި ކަމަށް ނެތްނަމަވެސް، އަލަމްގީރާއިއެކު ހިންގާފަައިވާ އެއްޖިންސުގެ ބަދައަހުލާގީ އެތައް ކަމެއް ވަނީ ތަފްސީލްކޮށްފައެވެ.

އޭނާއަށް ކޮށްފައިވާ ދައުވާގައި އަލަމްގީރާއި ގައިގޯޅިވެ، ”ކިސް ކޮށް” އެނޫންވެސް ގޮތްގޮތުން ޖިންސީ އަމަލު ހިންގާފައިވާކަމަށް ބުނެފައިވެއެވެ.

ގާނޫނީ ވަކީލެއްގެ ގޮތުގައިވެސް މަސައްކަތްކުރި ނާޒިމް، މި ދައުވާއަށް ވަނީ ކޯޓުގައި އެއްބަސްވެފައެވެ. އަދި ހުކުމްކުރުމުގެ އެެއްދުވަސްކުރިން އޭނާ ވަނީ ކުށާއިމެދު ދެރަވެ، ތައުބާވެ، އާއްމުންގެ ކިބައިން މައާފަށް އެދޭކަމަށް ބުނެ ބަޔާނެއް ނެރެފަ އެވެ.

އިއްޔެ އެމައްސަލާގައި ހުކުމްކުރިއިރު އޭނާގެ މައްޗަށް އިއްވީ އެންމެ އެއްމަހުގެ ޖަލު ހުކުމެވެ. އަދި ޖަލު ހުކުމް  ގޭބަންދަށް ބަދަލުކޮށްދިނުމަށް ނާޒިމުގެ ފަރާތުން އެދިފައިވާތީ ކަމަށް ބުނެ، ތިން މަހުގެ ގޭބަންދު ހުކުމަކަށް އެހުކުމް ކޯޓުން ވަނީ ބަދަލުކޮށްފަ އެވެ. 

ނާޒިމަށް ތިން މަހުގެ “ގޭބަންދެއް” އައުމުން ގިނަ ބަޔަކު ވަނީ ކޯޓުގެ މި ނިންމުމަކީ ވަކި ކޮޅަކަށް ބުރަވެހުރެ ނިންމާފައިވާ ނާއިންސާފު ނިންމުމެއް ކަމަށް ބުނެ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

ނާޒިމު މިއަދު މީޑިއާތަކަށް ފޮނުވާފައިވާ ކޯޓު ބަޔާނަށް ބަލާއިރު، އޭނާގެ އަދަބު ލުއިވެފައިވަނީ ގާނޫނުލް އުގޫބާތުގެ 106 ވަނަ މާއްދާގައިވާ “ކުށްވެރިޔާ ކުށާއިމެދު ދެރަވާކަން އާއްމުންގެ ތެރޭގައި ފާޅުކުރުމުގެ ސަބަބުން އަދަބުގެ ދަރަޖަދަށްވުން” މިމާއްދާއަށް ރިއާޔަތްކޮށްފަ އެވެ.

އެމާއްދާގައި ބުނަނީ، “ކުށްވެރިޔާގެ މައްޗަށް ދައުވާކުރުމުގެ ކުރިން، އޭނާ ކުޅަ ކުށާއިމެދު ހިތުގެ އަޑިން ދެރަވާކަން އާއްމުކޮށް ފާޅުކޮށްފިނަމަ އޭނާގެ މައްޗަށް ކަނޑައަޅަންޖެހޭ އަދަބު އަސާސީ މިންގަނޑުން ދެ ދަރަޖަ ދަށްވެގެންދާނެ އެވެ.” 

ނަމަވެސް މިމާއްދާގައިވާގޮތުން އަދަބު ލުއިވާނީ، އެމީހެއްގެ ދައުވާކުރުމުގެ ކުރިން ކުށަށް އިއުތިރާފުވެފަވާނަމަ ކަމަށް އެމާއްދާގައި ވެެެއެވެ. 

އަދި ހަމަ އެމާއްދާގެ (ށ) ގައި ވަނީ، ދެން ކުށުގެ އަދަބުގެ ދަރަޖަ ދަށްކުރެވޭނީ ޝަރީއަތް ފެށުމުގެ ކުރިން ކުށަށް އިއުތިރާފުވެފައިވާނަމަ ކަމަށެވެ. އޭރުން ދަށްވާނީ އެއް ދަރަޖަ އެވެ. 

ނަމަވެސް، ނާޒިމް މާއާފަށް އެދި ދެރަވާކަން އާއްމުކޮށް ފާޅުކޮށްފައިވަނީ ހުކުމް ކުރުމަށް އެއްދުވަހަށް ވެފައި އޮއްވާކަމުން، ކުށުގެ އަދަބު ދެ ދަރަޖަ ދަށެއް ނުކުރެވޭނެއެވެ.

ނާޒިމު ކޯޓުގައި ވިދާޅުވެފައިވަނީ، ދައުވާކުރުމުގެ ކުރިން ކުށަށް އިއުތިރާފުނުވީ، ކުށުގެ އުންސުރު އޭނާއަށް ނޭނގޭތީ ކަމަށެވެ.

“އަޅުގަނޑު ލިވާތުގެ އަމަލު ހިންގިކަމަށް ދައުވާގައި އޮތްނަމަ އަޅުގަނޑު ކޯޓުގައި އިއުތިރާފު ނުވީމުހެވެ. ވީމާ މި ހާލަތުގައި އަަޅުގަނޑުގެ އިއުތިރާފަކީ ދައުވާކުރުމުގެ ކުރިން ވެވުނު އިއުތިރާފަކާއި އެއް ހަމައެއްގެ އިއުތިރާފެއް ކަމުގައި އަޅުގަނޑު ދެކެމެވެ. އަދި އެގޮތަށް ގާޒީ ދެކެވަޑައިގަތުމަށް އެދެމެވެ” ނާޒިމް ކޯޓަށް ދީފައިވާކަމަށް ބުނާ ބަޔާނުގައި ވެއެވެ.

އޭނާ ވަނީ ކުށުގެ އަދަބުން ދެދަރަޖަ ދަށްކޮށްދިނުމަށް ގާޒީ އަރިހުގައި އެދިފައެވެ. ސިއްރުކޮށްގެން ބޭއްވި މި އަޑުއެހުންތަކުގައި ކޯޓުން ނާޒިމުގެ މައްޗަށް ކޮށްފައިވާ ހުކުމަކީ ނާޒިމުގެ މި އެދުމަށް ރިއާޔަތްކޮށް ކޮށްފައިވާ ހުކުމެއް ކަމަަށް ބެލެވެއެވެ.

ރާއްޖެއިން ފިލައިގެން ނުގޮސް ކުށަށް އިއުތިރާފުވިން

އަދަބު ލުއިވާންޖެހޭ ސަބަބެއްގެ ގޮތުގައި، އަދި އެކުށާއިމެދު “އަފްސޯސް” ވެ އެ “ އަފްސޯސް” އަކީ ސައްހަ “އަފްސޯސް” އެއްކަން ސާބިތުކުރުމަށް އޭނާގެ ފަރާތުން ދެ ކަމެއް ފާހަގަކޮށްފައިވެއެވެ.

  • ކުށްވެރިއެއްްގެ އިތުރުން އެކަމުގައި ބްލެކްމެއިލްވެފައިވާ ވިކްޓިމްއަކަށް ވާއިރުވެސް އިއުތިރާފުވުން
  • ފިލައިގެން ނުގޮސް ރާއްޖޭގައިހުރެ ކުށަށް އިއުތިރާފުވުން

ނާޒިމްް ވިދާޅުވެފައިވަނީ އޭނާގެ ޕާސްޕޯޓު ހިފަހައްޓާފައި އޮތީ 23 ޖުލައިން ފެށިގެން އޮގަސްޓު 24 އާއި ހަމަޔަށް ކަމަށެވެ. އޭގެފަހުން އޭނާގެ ޕާސްޕޯޓު އޮތީ ދޫކޮށްލާފައި ކަމަށެވެ.

”ވީމާ، މިހާރުވެސް އަޅުގަނޑު ފުރަންވީއެވެ. ނަމަވެސް އަޅުގަނޑު ބޭނުންވަނީ މި ކުށަށް އިއުތިރާފުވެ، ތައުބާވެ، ރައްޔިތުންގެ ކިބައިން މައާފެވެ.” އޭނާގެ ކޯޓު ބަޔާނުގައިވެއެވެ.
އަލަމްގީރްވެސް، ހިތާމަކޮށް ފާޅުގައި ތައުބާވެ މައާފަށް އެދުނު!

މިމައްސަލާގައި އެންމެ ފުރަތަމަ ހުކުމްކުރި އަދި ނާޒިމާއިއެކު ގުޅުން ހިންގި ބަގްލަދޭޝްގެ ރައްޔިތެއްކަމަށްވާ އަލަމްގީރަށްވެސް ދައުވާކުރީ ޖިންސީ ކުށުގެ ދައުވާ އެވެ. އޭނާ ވަނީ ދައުވާގެ ކުރިންވެސް ތައުބާވެ އާއްމުންގެ ކިބައިން މައާފަށް އެދިފައެވެ. އަދި ކޯޓުގައިވެސް ކުށަށް އިއުތިރާފުވިއެވެ.

ނަމަވެސް އޭނާގެ މައްޗަށް ހަތްމަހުގެ ޖަލު ހުކުމެއް އައެވެ. ނާޒިމުގެ މައްސަލާގައި މި ހުކުމް އެހާ ބޮޑަށް ތަފާތުވެ، އަދަބު ވަރަށް ބޮޑަށް ލުއިކޮށްފައިވާތީ މިއީ ނާއިންސާފެއް ކަމަށް އެތައް ބަޔަކު ގަބޫލުކުރެއެވެ. އަދި ދައުލަތުގެ ބޮޑެއްގެ އާއިލީ ބޭފުޅަކަށްވުމުން ތަފާތުކުރުމުގެ ތުހުމަތު ވަނީ ކުރެވިފައެވެ.

ޖިންސީ ކުށުގެ ގާނޫން އެއްޖިންސުން ގުޅުން ހިންގާ މީހާގެ އަދަބަކީ 5 އަހަރާއި 7 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ.

ނަމަވެސް މިމައްސަލާގައި އަލަމްގީރަށްވެސް އަދި ނާޒިމަށްވެސް ކުޑައަދަބެއްް އަންނާނެހެން ހުކުމްކޮށްފައިވަނީ ޖިންސީ ކުށުގެ ގާނޫނުގެ ބަދަލުގައި ގާނޫނުލް އުގޫބާތުގެ ދަށުން ނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް